ޚަބަރު

ނޫރުގެ މަރާއި ގުޅިގެން އަނެއްކާވެސް އިތުރު މީހަކު ހޯދަނީ


މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ އައިޖީ އެމް އެޗް ކައިރީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހޯދަމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.މި މައްސަލަ އާއި ގުޅިގެން މިއަދު ހެނދުނު ފުލުހުން ހޯދުމަށް އާންމުކޮށްފައިވަނީ ކ.މާލެ، ދަފްތަރު ނަންބަރު ދރ 1169، އިސްޙާޤް ނާދިރު (18އ) އެވެ. މީގެ އިތުރުން މި މައްސަލާގައި އިއްޔެ ހޯދުމަށް އިޢުލާން ކުރި ދެމީހުންގެ ތެރެއިން ޏ.ފުވައްމުލަށް ހޯދަޑު، ނޯވެލް، މުޙައްމަދު ޝަމްލު (18އ)  ހޯދުމުގެ މަސައްކަތްވެސް ފުލުހުން ދަނީކުރަމުންނެވެ.މި މައްސަލާގައި ހޯދަމުންދާ ދެމީހުންގެ ތެރެއިން އެކަކު ވަނީ ރޭ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެފައެވެ.ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހޯދަމުން ދަނިކޮށް އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ޙާޟިރު ވެފައިވަނީ ޏ.ފުވައްމުލައް ދަނޑިމަގު، އުމުރުން ނަވާރަ އަހަރުގެ ޝައިނީ މުހައްމަދު ސަމީޙް ކަމަށެވެ.މިދިޔަ މަހުގެ އަށާވީސް ވަނަ ދުވަހުގެ ރޭ ހިންގި މި މާރާމާރީގައި ޒަހަމްވި  މާލޭ ދަފްތަރު ނޫރު އާދަމްފުޅަށް އައި ޖީ އެމް އެޗްގައި ފަރުވާ ދެމުންދަނިކޮށް އެރޭ ތިންގަޑި ތިރީސް އެހާކަން ހާއިރު ވަނީ މަރުވެފަ.