ސިޔާސީ

މެންބަރުކަމުން ވަކިވުމުން އިތުރު އިމްތިޔާޒްތަކެއް ލިބިދޭ އިޞްލާހުތަކެއް ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެވަޑައިގަތުމުންވެސް އެ މެންބަރުންނަށް އިތުރު އިމްތިޔާޒުތަކާއި އިނާޔަތްތައް ލިބޭނެ އިޞްލާޙުތަކެއް ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ނާކާމިޔާބުވި ދެ މެންބަރަކު މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

އެ އިޞްލާޙުތައް ހުށައެޅުއްވީ ދިއްދޫ ދާއިރާގެ އިންތިޚާބު ނަކާމިޔާބުވެވަޑައިގެންނެވި މިހާރު އެދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދާއި، ތިމަރަފުށީ ދާއިރާގެ އިންތިޚާބު ނާކާމިޔާބުވެވަޑައިގެންނެވި އެދާއިރާގެ މިހާރުގެ މެންބަރު މުޙައްމަދު މުސްޠަފާއެވެ.

ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުލް ލަތީފާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ އިޞްލާޙުތައް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށެވެ.

ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް ހުށައެޅުއްވި އިޞްލާހުގައި ވަނީ، މަޖިލީހުގެ މެންބަރުކަންކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއެއްގެ ދަށުން ބޭސްފަރުވާ ކޮށްދެންވާނެކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކަން ކޮށްފައިވާ މީހަކު ބޭނުންނަމަ އެ ހެލްތު ސްކީމަށް ފިރިމީހާ ނުވަތަ އަނބިމީހާ އަދި 18 އަހަރު ނުވާ ކުދިން ބައިވެރިކުރެވޭނެކަމަށްވެސް އެ އިޞްލާޙުގައިވެއެވެ. އެގޮތަށް ބައިވެރިކުރާ ފަރާތަކަށް ދައްކަންޖެހޭ އިންޝުއަރެންސް ޕްރިމިއަމް ދައްކާނީ އެމީހަކު އަމިއްލައަށްކަމަށްވެސް ބުނެފައިވެއެވެ.

މި އިޞްލާޙުގައި ވާގޮތުން މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓްވެސް ލިބޭނެ އިންތިޒާމް ހަމަޖައްސަންވާނެކަމަށާއި، ޕާސްޕޯޓް ހެއްދުމުގެ ޚަރަދު ހަމަޖައްސާނީ އެމީހަކު އަމިއްލައަށްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ އިމްތިޔާޒްތައް މަޖިލީހުގެ ރައީސްކަމާއި ނާއިބު ރައީސްކަން ކޮށްފައިވާ މީހުންނަށްވެސް ލިބެންވާނެކަމަށްވެސް ބުނެފައިވެއެވެ.
މިހާރު އިމްތިޔާޒްގެ ޤާނޫނު ބުނާގޮތުން މެންބަރުކަން ކޮށްފައިވާ ފަރާތްތަކުގެ ފިރިމީހައަށާއި، އަނބިމީހާ އަދި ދަރިންނަށް އެ އިމްތިޔާޒްތައް ލިބިގެނެއްނުވެއެވެ.

ލަޠީފް ހުށައެޅުއްވި ދެވަނަ އިޞްލާޙުގައި ވަނީ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަކިވުމަށްފަހުވެސް މާލީ އިނާޔަތް ލިބެންޖެހޭނޭކަމަށެވެ. ނަމަވެސް މިހާރު ޤާނޫނުގައި ވާގޮތުންމާލީ އިނާޔަތް ލިބޭނީ ޢުމުރުން 55 އަހަރު ވުމުންނެވެ. އެހެންކަމުން ލަތީފް ހުށައަޅުއްވާ އިޞްލާހު ފާސްވެއްޖެނަމަ މެންބަރުކަމުން ވަކިވުމުން އުމުރުދުވަހަށް އެ މާލީ އިނާޔަތް އެ މީހަކަށް ލިބިގެންދާނެއެވެ.

މި ޤާނޫނަށް ތިންވަނަ އިޞްލާޙު ހުށައަޅުއްވާފައިވަނީ ތިމަރަފުށީ ދާއިރާގެމެންބަރު މުޙައްމަދު މުސްޠަފާއެވެ. އޭނާ ހުށައަޅުއްވާފައިވާ އިޞްލާޙުގައި ވަނީ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އެއަރޕޯޓުން ވީ.އައި.ޕީ ސަރވިސް ލިބޭނެ އިންތިޒާމް ހަމަޖައްސަންވާނެކަމަށެވެ. ނަމަވެސް މިހާރު އެ ޤާނޫނުގައި މެންބަރުކަން ކޮށްފައިވާގޮތުން މެންބަރުކަން ކޮށްފައިވާ މީހަކަށް އެއަރޕޯޓް ވީއައިޕީ ޚިދުމަތް ފޯރުކޮށްދޭކަށް ނުޖެހެއެވެ.

ދެ މެންބަރުން ހުށައެޅުއްވި މި އިޞްލާޙުތައް ފާސްވެއްޖެނަމަ 19 ވަނަ މަޖިލީހުގެ އިންތިޚާބު ނާކާމިޔާބުވި މެންބަރުންނަށް އެ އިމްތިޔާޒްތައް ލިބިގެންދާނެއެވެ. މި އިޞްލާޙުތަކުގެ ފުރަތަމަ ކިއުން އިއްވާފައިވީނަމަވެސް އަދި ތަޅުމުގައި ބަހުސްކޮށްފައެއް ނުވެއެވެ. މި އިޞްލާޙުތައް ހުށައަޅުއްވާފައި މިވަނީ 18 ވަނަ މަޖިލިސް މިމަހުގެ ނިޔަލަށް ނިމެން ކައިރިވެފައި ވަނިކޮށެވެ.
މި އިޞްލާހުތައް ހުށައެޅުއްވި ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ، މެންބަރުކަން ކޮށްފައިވާ މީހަކަށް ލިބިދޭ އިމްތިޔާޒްތައް ހަރުދަނާކޮށް މަޖިލީހުގެ މެންބަރުންނަކީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭ ބަޔަކަށް ހެދުމަށް މަގުފަހިކުރުންކަމަށެވެ.

މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުގެ ޤާނޫނުގައި މިހާރު ބަޔާންކޮށްފައިވާގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ ޢިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަޤާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 30 އިންސައްތަ ދައުލަތުން ދޭންޖެހެއެވެ. އަދި ދެ ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ ޢިނާޔަތެއްގެ ގޮތުގައި 45 އިންސައްތަ ދައުލަތުން ދޭންވާނޭކަމަށް ބަޔާންކޮށްފައި ވެއެވެ.