ޚަބަރު

އިކޮނޮމިކް މިނިސްޓްރީން އައްޑޫގައިކުރި ބައެއް މަސައްކަތްތައް ސިޓީ ކައުންސިލަށް


މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓުގެ ފަރާތުން އައްޑޫގައި ފޯރުކޮށްދެއްވަމުން ގެންދެވި ޚިދުމަތްތައް އައްޑޫސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްފިއެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ވިޔަފާރިއާއި ގުޅޭ އެހެނިހެން ޚިދުމަތްތައް ކުރިން ފޯރުކޮށްދެމުން ގެންދެވީ މިނިސްޓްރީން އައްޑޫގައި ގާއިމުކުރައްވާފައިވާ އޮފީހުުންނެވެ. ނަމަވެސް މިހާރު އެޚިދުމަތްތައް ކައުންސިލްގެ ދަށަށް ބަދަލުވުމާއެކު އަވަށު އޮފީސްތަކުން ޚިދުމަތް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީން ދެމުން ގެންދިޔަ ޚިދުމަތްތައް ކައުންސިލްގެ ބެލުމުގެ ދަށުން ނަގާފައިވަނީ 2016 ވަނަ އަހަރު އޭރުގެ ސަރުކާރުންނެވެ. ނަމަވެސް އެނިންމުން ބަދަލުކޮށް އަލުން ޚިދުމަތްތައް ކައުންސިލްގެ ދަށަށް މިހާރު މިވަނީ ބަދަލުކުރެވިފައެވެ.