ޚަބަރު

ބޮމުގެ ޙަމަލާތަކާ ގުޅިގެން ސްރީލަންކާގައި ކުއްލި ޙާލަތު އިޢުލާންކޮށްފި


ބޮމުގެ ޙަމަލާތަކާ ގުޅިގެން ސްރީލަންކާގައި ކުއްލި ޙާލަތު އިޢުލާންކޮށްފިއެވެ.

މިއަދު ހެނދުނުން ފެށިގެން ސްރީލަންކާގެ 8 ތަނެއްގައި ބޮން ގޮއްވާލާފައިވެއެވެ. ބޮން ގޮއްވި ސަރަހައްދުތަކުގެ ތެރޭގައި ދިވެހިން އާއްމުކޮށް ގޮސްއުޅޭ ދެހިވަލާވެސް ހިމެނެއެވެ. ބޮމުގެ ހަމަލާތައް ދީފައިވަނީ ހޮޓާ ތަކަކަށާއި ޗަރޗްތަކަކަށެވެ.

ސްރީލަންކާގައި ކާފިއު އިއުލާންކޮށްފައިވާއިރު ފޮރިން މިނިސްޓްރީން ވަނީ، އެޤައުމުގައިތިބި ދިވެހިން ބޭރަށް ނުކުމެ ނޫޅުމަށް އިލްތިމާސް ކުރައްވާފައެވެ.

ސްރީލަންކާގެ ސަރުކާރުން މިހާރު ވަނީ އެޤައުމުގައި ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައްވެސް ބްލޮކް ކޮށްފައި. އޭގެ ތެރޭގައި ވައިބަރއާއި، ފޭސްބުކާއި، ވަޓްސް އެޕްވެސް ހިމެނޭ.
ސްރީލަންކާގައި ދިން ބޮމުގެ ޙަމަލާތަކުގައި މިހާތަނަށް 180 އަށްވުރެ ގިނަ މީހުން މަރުވެ 200 އަށްވުރެ ގިނަމީހުން ޒަޚަމްވެފައިވާކަމަށް ޚަބަރުލިބެއެވެ.