ޚަބަރު

12 އަހަރުން ދަށުގެ އުމުރުފުރާއިން ހިތަދޫ ސްކޫލް މޮޅުވެ ސެމީ ފައިނަލަށް


އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރާގެ ސެމީއިން ހިތަދޫ ސްކޫލު ޖާގަ ހޯދައިފިއެވެ.
މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރާގެ ސެމީއިން ހިތަދޫ ސްކޫލް ޖާގަ ހޯދީ ޝަމްސުއްދީން ސްކޫލު 2 ލަނޑު 1 ލަނޑުން ބަލިކޮށްގެންނެވެ.
މެޗްގައި އެންމެ ފުރަތަމަ ލީޑްނަގާ ކުރި ހޯދީ ހިތަދޫ ސްކޫލްއިންނެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އަހްމަދު މައިމޫން ރޫޙުލްއަމީންއެވެ. މެޗުގައި ޝަމްސުއްދީން ސްކޫލުން ޖެހި ހަމައެކަނި ލަނޑު މެޗްގެ ފުރަތަމަ ހާފްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ލީވާންއެވެ. މެޗު ނިމުމުގެ ކުރިން ހިތަދޫ ސްކޫލުގެ އަހްމަދު އައިހަމް އާމިރުވަނީ އިތުރު ލަނޑެއް ޖަހާ އަލުން ހިތަދޫ ސްކޫލްއަށް ލީޑް ހޯދާފައެވެ.
މެޗް އަށްފަހު ވާހަކަދައްކަމުން ހިތަދޫ ސްކޫލްގެ ކޯޗް މުހައްމަދް އުގެއިލް ވިދާޅުވީ ގްރޫޕް ސްޓޭޖްގެ ތިން މެޗް އިންވެސް މޮޅުވެގެން ސެމީ އަށް ދިއުމުން ވަރަށް ހިންހަމަޖެހޭކަމަށާއި ކުރިއަށްއޮތް ފައިނަލް މެޗްގައި މޮޅު ކުޅުމެއް ދައްކައިގެން ބޭނުންވަނީ ޗެންޕިއަންކަން ހޯދުންކަމަށެވެ.

މި މުބާރާތުގައި މާދަމާ ކުޅޭނީ 16 އަހަރުން ދަށުގެ އެއް މެޗެވެ. މިމެޗް ގައި ބައްދަލުކުރާނީ ހިތަދޫ ސްކޫލް އަދި ޝަރަފުއްދީން ސްކޫލެވެ.