ސިޔާސީ

ފުރަތަމަ ޤާނޫނުލް އުގޫބާތަށް އާންމުން ހޭލުންތެރި ކުރުވަންޖެހޭ-


އާ ޤާނޫނުލް އުގޫބާތަށް އަމަލްކުރުން ފަސްކުރަން މަޖިލީހުން ފާސްކުރަންޖެހުނީ، އެޤާނޫނާއި މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ރައްޔިތުން، އެގާނޫނަށް ހޭލުންތެރި ވާންޖެހޭ މިންވަރަށް އަދިވެސް ހޭލުންތެރި ވެފައިނުވާތީކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ހުސައިން މަނިކް ވިދާޅުވެއްޖެއެވެ.ރައްޔިތުންގެ މަޖިލިސް ކުރާގެ ކައިރީގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކް ވިދާޅުވީ، އާ ޤާނޫނުލް އުގޫބާތަށް އަމަލް ނުކުރެވުމުން ރައްޔިތުންގެ ޝަކުވާ ހުންނާނެކަމަށާއި، ނަމަވެސް ރައްޔިތުން އަދިވެސް އެޤާނޫނަށް ހޭލުންތެރި ވާނެޖެހޭ މިންވަރަށް ހޭލުންތެރި ނުވާކަމަށެވެ.ނިހާން  ވިދާޅުވީ ދައުލަތުގެ މިޑިއާ މެދުވެރިކޮށް  އާ ގާނޫނޫލް އުގޫބާތަށް ރައްޔިތުން ހޭލުންތެރި ކުރެވެން ޖެހޭ ކަމަށާއި، އެކަމަށް ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުން ދެއްވާނެމަށެވެ.ނިހާން ވިދާޅުވީ، އަދިވެސް އާ ގާނޫނުލް އުގޫބާރުގައި ހަތަރު ފަސް ބިލަކާ ތައާރުޒްވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެފަދަ ކަންތައްތައް އިސްލާހު ކުރަން ފުރުސަތު ބޭނުންވާކަމަށާއި، އެގޮތުން  އެއްވެސް އެކަމެއް ނިމި ތަންފީޒު ކުރުމަށް ދާއިރު އެއްވެސް ކަހަލަ ދައްޗެއް އޮވެގެން ނުވާނެ ގަބޫލް ކުރާކަމަށެވެ. އެހެންކަމުން ފަހުގެ ޓެކުނޮލަޖީއާ ފަހުގެ އިޖުތިމާއީ ވިއުގައިގެ ތެރެއިން އެގާނޫނެއްގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނެކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ހުސައިން މަނިކް ވިދާޅުވިއެވެ.