ޚަބަރު

ސ.އަތޮޅު މަދުރަސާއަށް ފަސޭހަ މޮޅެއް ހޯދައިފި


ވާދަވެރި ކުޅުމަކަށްފަހު ޝަރަފުއްދީން ސްކޫލްގެ މައްޗަށް ސ.އަތޮޅު މަދުރަސާ ކުރި ހޯދައިފި.
މަމެން އައްޑޫ އިންޓަރ ސްކޫލު މުބާރާތުގައި 14 އަހަރުން ދަށުގެ އުމުރުފުރާގެ ސ.އަތޮޅު މަދުރަސާ އާއި ޝަރަފުއްދީން ސްކޫލް މިއަދު ހަވީރު ކުޅުނު މެޗުން 3 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ސ.އަތޮޅު މަދުރަސާ. މިމެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސ.އަތޮޅު މަދުރަސާއަށް ކާމިޔާބުކޮށްދިނީ ހުޒާމް އަލީއެވެ. މެޗުގެ ދެވަނަ ހާފުގައި ސ.އަތޮޅު މަދުރަސާއަށް ލީޑް ފުޅާކޮށްދިނީ މުހައްމަދު މުހައްމަދު އަޒްވާން އެވެ. މެޗުގައި ޝަރަފުއްދީން ސްކޫލުގެ ފަރާތުން ފެނިގެން ދިޔަ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އުސްމާންއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސ.އަތޮޅު މަދުރަސާގެ ކޯޗް އަހްމަދް ރަޝީދް ބުނީ މި މެޗް އިން މޮޅުވުމަކީ ވަރަށް ބޮޑުކުރިއެރުމެއްކަމަށާއި، މިމެޗަށް ނިކުތީ ވަރަށް ރަނގަޅަށް އިދިކޮޅު ޓީމްގެ ކުޅުން، ބަލާ ދިރާސާ ކޮށްގެންކަމަށެވެ. އަދި މިމެޗްއަށް ނިކުތުމުގެ ކުރިން މެޗްގެ މުހިންމުކަން ޓީމްގެ ކުޅުންތެރިންނަށް ވަރަށް ރަގަނޅަށް ކިޔައިދީފައިވާނެކަމަށްވެސް ސ.އަތޮޅު މަދުރަސާގެ ކޯޗް އަހްމަދް ރަޝީދު ބުނެފިއެވެ
މެޗާއި ގުޅޭގޮތުން ޝަރަފުއްދީން ސްކޫލުގެ ކޯޗް ވިދާޅުވީ ބަލިވެގެން ދިޔަޔަސް އިދިކޮޅު ޓީމާ އަޅާބަލާއިރު ޓީމްގެ ކުޅުމާދޭތެރޭ ހިތްހަމަޖެހޭކަމަށާއި، ކުރީގެ މެޗުތަކާއި އަޅާ ބަލާއިރު މި މެޗުގައި ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިކަން ފާހަގަވެގެން ދިޔަކަމަށެވެ.