ސިޔާސީ

ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައިކޮށްފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރަސްމީ ފޭސްބުކް ޕޭޖެއް ހަދައިފިއެވެ. ރައީސްގެ ރަސްމީ ފޭސްބުކް ޕޭޖެ ވެރިފައިކޮށް ރައީސް އޮފީހުން ވަނީ އެކަން އާއްމުކޮށްފައެވެ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ަމުގައި ފޭކް ފޭސްބުކް ޕޭޖްތަކެއް ހަދާ ބަޔަކު ބޭނުންކުރަމުންދާތީ އެކަންވެސް ވަނީ ރާއިސް އޮފީހުން މީގެ ކުރިން ސަމާލުކަމަށް ގެނެސްފައެވެ.

ރައީސް މިހާތަނަށް އެންމެ އާއްމުކޮށް ބޭނުންކުރައްވަމުން އައި ޓްވިޓަރއެވެ. އެގޮތުން، ރައީސްގެ ވެރިފައިކޮށްފައިވާ ޓްވިޓަރ އެކަައުންޓުންދަނީ އެކި މުނާސަބަތުތަކާއި ގުޅުވައިގެންނާއި އެކި ޙާދިސާތަކާއި ގުޅުވައިގެން އެމަނިކުފާނުގެ ޝުއޫރުފާޅުކުރައްވަމުންނެވެ. އަދި އެމަނިކުފާނުގެ ޓްވިޓަރ ފޮލޯވަރސް 52 ހާހަށްވުރެ މައްޗަށް އަރައެވެ.