ޚަބަރު

ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރުމާއިމެދު 1:30ގައި ވޯޓަށް


ގާނޫނުލް އުގޫބާތަށް އަމަލުކުރުން ތިން ދުވަހަށް
މަޑުޖައްސާލުމަށް ގައުމީ ސަލާމަތާއިބެހޭ ކޮމެޓީން ފާސްކޮށްފައިވާ ރިޕޯޓަށް
ތާއީދުކުރުމާއިމެދު ވެރިކަންކުރާ އަދި ރައްޔިތުންގެ މަޖިލިސްގެ މެޖޯރިޓީ ޕާޓީ ޕީޕީއެމުން
ވަކި ގޮތެއް އަދި ނުނިންމާކަމަށް ޕީޖީ ގްރޫޕްގެ މެމްބަރަކު ވިދާޅުވެއްޖެއެވެ.



އެރިޕޯޓާއިމެދު އަމަލުކުރާނެގޮތެއް ކަނޑައެޅުމަށް މިހާރު ޕީޖީ
ގްރޫޕްގެ ބައްދަލުވުމެއް ހިގަމުން އެބަދެއެވެ.



ގައުމީ ސަލާމަތާއިބެހޭ ކޮމެޓީން ފާސްކޮށްފައިވާ ރިޕޯޓަށް
މިއަދު މެންދުރުފަހު 1:30 ގައި ވޯޓަށް އަހާނެއެވެ. މިރިޕޯޓްގައިވާ ތިން މަސް
ދުވަހަށް ފަސްކުރުމަށް މެމްބަރުން ތާއީދު ނުކޮށްފިނަމަ މާދަމާ ގާނޫނުލް އުގޫބާތަށް
އަމަލުކުރަންފަށާނެއެވެ.



މިއަދު ވޯޓާއިދިމާކޮށް ނުރުހުން ފާޅުކުރުމަށް އެމްޑީޕީން ދަނީ
ތައްޔާރުވަމުންނެވެ. މިއަދު ޖަލްސާފެށުމާއެކު އެމްޑީޕީގެ ބައެއް މެމްބަރުންވަނީ
މަޖިލިސް ތަޅުމުގައި އިދާރީ މޭޒުތައް އެބޭފުޅުންގެ ބާރުގެދަށަށް ގެންދަވާފައެވެ.
މިއާއެކުވެސް ރިޔާސަތުން ޖަލްސާކުރިއަށްގެންގޮސް އިސްލާހާއިމެދު
ވާހަކަފުޅުދައްކަވަންބޭނުންފުޅުވާ މެމްބަރުންނަށް ފުރުސަތު ދެއްވުމަށްފަހު ޖަލްސާ
މިހާރު މެދުކަނޑާލާފައިވަނީ 1:30 ގެ ވޯޓަށް އެހުމަށެވެ.