ވިޔަފާރި

"މައި އެލައިޑް" ޕޯޓަލް ރީ-ބްރޭންޑްކޮށް، އައު ހިދުމަތްތަކެއް ތައާރަފްކޮށްފި


އެލައިޑް އިންޝުއަރެންސް ކުންފުނީގެ ހެލްތު އިންޝުއަރެންސް ކަސްޓަމަރުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ "މައި އެލައިޑް" ޕޯޓަލް ރީ-ބްރޭންޑްކުރުމާއެކު ހިދުމަތް ފުޅާކޮށް ޕޯޓަލަށް އައު ހިދުމަތްތަކެއް ތައާރަފުކޮށްފިއެވެ.

2018 ގައި ތަޢާރަފްކޮށްފައިވާ "މައި އެލައިޑް" ޕޯޓަލް ކުރިން ހާއްސަ ވެފައިވަނީ އެލައިޑުގެ ހެލްތު އިންޝުއަރެންސް ކަސްޓަމަރުންގެ ބޭނުންތަކަށެެވެ. އެގޮތުން ހެލްތު ކްލެއިމްސްއަށް އެދި ފޯމް ހުށައެޅުމާއި، ކްލެއިމް ސްޓޭޓަސް ބަލާލުމުގެ އިތުރުން ހެލްތް ޕޮލިސީގެ ލިމިޓުތަކާއި ބާކީ ހުރި މިންވަރު ބަލާލެވެއެވެ. ނަމަވެސް އަލަށް އިތުރު ކުރެވުނު ހިދުމަތްތަކާއި އެކު މައި އެލައިޑް ޕޯޓަލްވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކު އިންޝުއަރެންސްގެ އިތުރު ހިދުމަތް ހޯދޭނެ ވަސީލަތަކަށް ވެފައެވެ.

އެގޮތުން މައި އެލައިޑް ޕޯޓަލަށް އަލަށް ތައާރަފުކުރެވިފައިވާ މުހިންމު ހިދުމަތްތަކުގެ ތެރޭގައި މޮޓޯ ތާޑް ޕާޓީ އިންޝުއަރަންސް އަދި ތަކާފުލް ނެގުމާއި އައު ކުރުން، ހޯމް ކޮންޓެންޓްސް ތަކާފުލް އާއި ހައްޖު އަދި އުމްރާ ތަކާުފުލް ނެގުން، މޮޓޯ އީ-ސްޓިކަރ ޖެނެރޭޓްކުރުން އަދި ނަންގަވާފައިވާ އިންޝުއަަރަންސް ޕޮލިސީތަކާއި ތަކާފުލް ސެޓްފިކެޓްތައް ވެރިފައިކުރުން ހިމެނޭނެ ކަމަށް އެލައިޑުން ބުނެއެވެ.

އެލައިޑް އިންޝުއަރެންސްގެ ފަރާތުން މައުލޫމާތު ދެއްވަމުން އެކުންފުނީގެ މާކެޓިންގ މެނޭޖަރ ނިއުޝާދު ޝަރީފު ވިދާޅުވީ އެލަައިޑަކީ އަބަދުވެސް ކަސްޓަމަރުންގެ ބޭނުންތައް އެންމެ ފަސޭހައިން ފުއްދޭނެ އިޖާދީ ކަންކަން ތައާރަފުކުރުމަށް ނުހަނުު ސަމާލުކަމެއް ދޭ ކުންފުންޏެއް ކަމަށެވެެ. އެގޮތުން އެލައިޑް މޮބައިލް އެޕްލިކޭޝަނާ އެއް ހަމައަށް މައި އެލައިޑްގެ ހިދުމަތް ފުޅާކުރުމުން ގިނަ ކަސްޓަމަރުންތަކަކަށް އިންޝުއަރެންސް ހޯދުމުގައި ހޭދަވާ ވަގުތު މަދުވެ، އޭގެ މަންފާ ކުރާނެ ކަމަށް ނިއުޝާދު ފާހަގަ ކުރެއްވިއެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް މިވިސްނުމުގައި އިތުރު ކަންކަން ތައާރަފުކުރާނެ ކަމުގެ އުފާވެރި ހަބަރު ނިއުޝާދު ދެއްވިއެވެ.