ޚަބަރު

މީހެއްގެ އަތުން ފައިސާތަކެއް ފޭރެން އުޅުނު މީހަކު ހައްޔަރުކޮށްފި


ސައިކަލެއްގައި ގިނަ ޢަދަދެއްގެ ފައިސާ ތަކެއް ހިފައިގެން ދިޔަ މީހަކު ހުއްޓުވައި ފޭރެން އުޅުނު ދެމީހެއްގެ ތެރެއިން އެކަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ ރޭ 23:32ހާއިރު މާލޭ ފަރީދީ މަގުގައި ކަމަށެވެ.

ފުލުހުން ވިދާޅުވީ މި މީހުން ފޭރެން މަސައްކަތް ކޮށްފައިވަނީ ފައިސާތައް ހިފައިގެން ދިޔަ މީހާ ސައިކަލުގައި ދަނިކޮށް، ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ 2 މީހަކު އެ މީހާގެ ސައިކަލުގެ ކުރިމައްޗަށް ސައިކަލް ހުއްޓުވުމަށްފަހު ކަމަށެވެ. އަދި މި މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ފައިސާތަށް ފޭރެން މަސައްކަތް ކުރަމުންދަނިކޮށް އެ ސަރަޙައްދުގައި ހަރަކާތްތެރި ވަމުން ދިޔަ 2 ފުލުހަކަށް އެތަން ފެނިގެން އެކަން ހުއްޓުވުމަށް ކުރި މަސައްކަތުން ކަމަށެވެ. އަދި މިކަމުގައި ބައިވެރިވި ދެވަނަ މީހާ ފިލާފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.