ޚަބަރު

ކުއްތާގެ އެހީގައި މާލޭ ގެއަކުން މަސްތުވާތަކެތި ހޯދައިފި


ފުރަތަމަ ފަހަރަށް ކުއްތާ ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި ހޮނިހިރު ދުވަހުގެ ރޭ މާލޭގެ ގެއަކުން މަސްތުވާ ތަކެތި ހޯދައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަަލަކު ވަނީ މިކަން އެމްބީސީ ނިއުސް އަށް ކަށަވަރު ކޮށްދީފައެވެ. މި އޮޕަރޭޝަން ހިންގީ ހެންވޭރު ކޮޅު ގެއެއްގައި ކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް، މި އޮޕަރޭޝަނާ ބެހޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ. ފުލުހުން މި އޮޕަރޭޝަނާ ބެހޭ ތަފްސީލުތައް އާދީއްތަ ދުވަހު ބާއްވާ ޕްރެސް ކޮންފްރަންސެއްގައި ހާމަކުރާ ގޮތައް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ. މިއީ، ރާއްޖޭގައި މިފަހުން ބޭނުންކުރަންފެށި ފާރަ ގެމަ ނުވަތަ ޑޯގް ސްކޮޑްގެ އެހީތެރިކަމާއެކު މިފަދަ އޮޕަރޭޝަނެއް ހިންގުނު ފުރަތަމަ ފަރަހެވެ. ފުލުހުން ކުރިން ބުނެފައިވަނީ، ކުއްތާތަކަށް ތަމްރީނު ދިނުމުގެ މަސައްކަތް ހުޅުލޭގައި ގާއިމް ކޮށްފައިވާ ކުއްތާ ކޮށިތަކުގައި ކުރިއަށް ގެންދާކަމަށެވެ. އަދި ހޯމް މިނިސްޓަރ އުމަރު ނަޞީރު ގެ ހުއްދައާއެކު ކުއްތާތައް މިހާރު އޮޕަރޭޝަންތަކުގައި ބޭނުން ކުރަންފަށާފައިވާކަމަށް ފުލުހުން ބުނެއެެވެ.