ވިޔަފާރި

މޯލްޑިވިއަނުން ރޯދަމަހަށް އެތޭރެގެ އުދުހުންތަކުގެ އަގުހެޔޮކޮށްފި


މޯލްޑިވިއަނުން ރޯދަމަހަށް ޚާއްސަކޮށްގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފިއެވެ.
ރާއްޖޭގެ ޤައުމީ އެއަރލައިނުން ވަނީ ރޯދަމަހަށް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކުރާ ދަތުރުތަކުގެ އަގު ހެޔޮކޮށްފައެވެ. މޯލްޑިވިއަންގެ ދަތުރުތައް މިހާރު ރާއްޖޭ 11 އެއަރޕޯޓަކަށް ކުރެއެވެ. އަލަށް އެކުލަވާލި އަގުތަކަށް އަންނަ މަހުގެ 5 ން ފެށިގެން 28 ގެ ނިޔަލަށް ދަތުުކުރެވޭނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ރޯދަމަހަށް މޯލްޑިވިއަންގެ މަންޒިލަތަކަށް ނަގާ ދެކޮޅު ޓިކެޓުގެ އަގުތަކަކީ

* ދަރަވަންދޫ: 999ރ
* ކުޑަހުވަދޫ: 1388ރ
* އިފުރު: 1338ރ
* ހަނިމާދޫ: 1477ރ
* ތިމަރަފުށި: 1477ރ
* ކައްދޫ: 1477ރ
* ކޫއްޑޫ: 1515ރ
* ކާޑޭއްދޫ: 1515ރ
* ގަން: 1544ރ
* ފުވައްމުލައް: 1544ރ

މޯލްޑިވިއަނުން ވަނީ އެތެރޭގެ އުދުހެންތަކުގެ އަގު މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަދުވަހުވަނީ ބަދަލުގެނެސްފައެވެ. އެ ބަދަލާއި ކޮންމެ މަންޒިލަކަށްވެސް 25 އިންސައްތަ އާއި 30 އިންސައްތައާއި ދެމެދުގެ މިންވަރަކަށް އަގަށްވަނީ ބަދަލު ގެނެސްފައެވެ.