ޚަބަރު

އެންމެ ފަހުގެ ޗެމްޕިއަން ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯލް ލިމިޑެޓް މުބާރާތުގެ ދެވަނަ ބުރަށް

ކްލަބް މޯލްޑިވްސް ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަން ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯލް ލިމިޑެޓް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

އެޓީމު ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ޔޫތް މިނިސްޓްރީގެ ޓީމާއި ވާދަކޮށް ނުވަ ލަނޑު ދެ ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގައި ޖީއެމްއައިޒެޑްއެލް ގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު ލިޔާހް، އަބްދުﷲ ޒިޔާން، އިބްރާހިމް ރައްޒާން އަދި މުހައްމަދު ރިފްއަތުގެ އިތުރުން ހުސައިން ޝަރީފް އާއި އިބްރާހިމް ރިމާހެވެ. ޔޫތް މިނިސްޓްރީން މި މެޗުގައި ޖެހި ދެ ލަނޑުވެސް އެޓީމަށް ޖަހައިދިނީ އަސްއަދު އަލީއެވެ.

މީގެ އިތުރުން ކްލަބް އެޗްޑީސީ އާއި ފެން ކްލަބް ވާދަކުރި މެޗު އެޗްޑީސީން ކާމިޔާބުކުރީ ފަހެއް އެކަކުންނެވެ. މި މެޗުގައި އެޗްޑީސީގެ ލަނޑުތައް ޖަހައިދިނީ، އަބްދުﷲ ޝާފިއު، ޔާމިން މުހައްމަދު، އިބްރާހިމް ފުރުގާން އަދި އަކުރަމް އަބްދުއްރަޝީދެވެ.
ފެން ކްލަބުގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ، ނަސޫހް ސައީދު. މުބާރާތުގެ ގްރޫޕް އެޗްގައި ރޭ ދިރާގުން ވަނީ މިފްކޯގެ މައްޗަށް ހަ ލަނޑު އެއް ލަނޑުން ކުރިހޯދާ މުބާރާތުގައި ކުރިޔަށްދިޔުމުގެ އުއްމީދު އާކޮށްފައެވެ. އެގޮތުން މި މެޗުގައި ދިރާގުން ޖެހި ލަނޑުތައް އެޓީމަށް ޖަހައިދިނީ، ފައުޒާން ހަބީބް، އިބްރާހިމް އަތީގް ހަސަން އަދި މުހައްމަދު ރިފާއުގެ އިތުރުން އަބްދުﷲ އަބޫބަކުރެވެ.

މިފްކޯގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ، އަލީ ޝާހީނެވެ. މުބާރާތުގައި ރޭ ކުޅުނު އެންމެ ފަހު މެޗުގައި އެމްޓީސީސީ ވަނީ ހަ ލަނޑެވެ. އެއް ލަނޑުން ތައުލީމީ ގުޅުން ބަލިކޮށްފައެވެ. މި މެޗުގައި އެމްޓީސީސީގެ ލަނޑުތައް ޖަހައިދިނީ، ހަސަން މިފްރާހް، އިސްމާއިލް މުނީޒް އަދި އިސްމާއިލް ޝިއާދުގެ އިތުރުން އަހުމަދު އަރީސް. ތައުލީމީ ގުޅުމުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ އިބްރާހިމް ނޫރައްދީނެވެ. މި މުބާރާތުގެ ކުޅުން މިރޭވެސް ކުރިޔަށްދާނެއެވެ.