ޚަބަރު

ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށަން ގޮތެއްނިންމުން މާދަމާ


އާ ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ
ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓަށް ވޯޓަށް އެހުމަށް މާދަމާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށްފިއެވެ. ހޯމަ ދުވަހު އާ
ގާނޫނުލް އުގޫބާތަށް އަމަލުކުރަންޖެހޭނެ ކަމަށް އާ ގާނޫނުލް އުގޫބަތުގައި  ބުނެފައި ވީނަމަވެސް ގައުމީ ސަލާމަތާއިބެހޭ ކޮމިޓީން
ވަނީ ގާނޫނުލް އުގޫބާތަށް އަމަލުކުރުން ތިން މަސް ދުވަހަށް ފަސްކުރުމަށް
ނިންމާފައެވެ. 
މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ހަފްތާގެ ހޯމަ، އަންގާރަ އަދި ބުދަ
ދުވަހުއެވެ. މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ
ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީވެސް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް
އިޞްލާޙު ގެނައުމުގެ ބިލުތައް، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ގޮތެއް
ނިންމުން އެކަނިއެވެ.