ޚަބަރު

މޫސުން ގޯސްވުމުގެ ސަބަބުން ބައެއް އަތޮޅުތަކައް ވައިޓް އެލަރޓް ނެރެފި


ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލަރޓްނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓްނެރެފައިވަނީ، ލ.އަތޮޅާއި އައްޑޫސިޓީއާއި ދެމެދުގެ ސަރަހައްދަށެވެ. ވައިިޓް އެލާޓް ނެރެފައިވަނީ މިއަދު ހެދުނު 10:30 އިން މެންދުރު ފަހު 15:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނާއި މެދުތެރޭ އެކިހިސާބަށް ވިއްސާރަ ކުރާނެކަމަށާ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

އުތުރުގެ ބައެއް އަތޮޅުތަކަށް ވެސް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެކަ މަށްވެސް ލަފާކުރެވޭ ކަމުގައި މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް އެއިދާރާއިން ލަފާކުރެއެވެ.

ރާއްޖެއަށް ވިއްސާރަކުރަންފަށާފައި މިވަނީ ފާރޭނުވި ގިނަދުވަސްތަކެއް ވުމަށްފަހުއެވެ.