ވިޔަފާރި

230 ސްޓޯލާއެކު ލިކަމެކް ނައިޓް މަރކެޓް މާދަމާ ފަށާނީ


ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އިންޑޯ ނައިޓް މާރކެޓް، "ލިކަމެކް" ނައިޓް މާކެޓު މާދަމާ ހަވީރު ފަށާނެއެވެ.

މިމަހުގެ 17 ވަނަ ދުވަހުން 26 ވަނަ ދުވަހަށް ދަރުބާރުގޭގައި ކުރިއަށްދާ މި ނައިޓް މާކެޓަކީ ކުރިޔަށް އޮތް ރޯދަ މަހާއި ދިމާކޮށް ރާއްޖޭގެ ރައްޔިތުންނަށް އެއްތާކުން ވިޔަފާރިކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ ހަރަކާތެއްކަމަށް ނައިޓް މަރކެޓް އިންތިޒާމްކުރާ ލިކަމެކް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ. އަދި ނައިޓް މާކެޓް ބޭއްވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާކަމަށްވެސް ލިކަމެކްއިން ބުނެއެވެ.

ދަރުބާރުގޭގެ ހުރިހާ ހޯލެއްގައާއި ދަރުބާރުގޭގެ ބޭރުވެސް ހިމެނޭ ގޮތަށް ބޭއްވުމަށް ހަމަޖެހިފައިވާ ނައިޓް މާކެޓްގައި 230 ސްޓޯލް ހުންނާނެ ކަމަށް ލިކަމެކުން ބުނެއެވެ.

މާދަމާ ހަވީރު 4 ޖަހާއިރު ލިކަމެކް ނައިޓް މާކެޓު ހުޅުވުމަށް ހަމަޖެހިފައިވާއިރު 18 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާ ހަމައަށް ކޮންމެދުވަހަކު މެންދުރު ދޭކުން އިރުއޮއްސި ހަޔަކަށް އަދި ރޭގަނޑު އަށަކުންް ރޭގަނޑު އެގާރައަށް ނައިޓް މާކެޓް ކުރިއަށްދާނެއެވެ. އަދި ނައިޓް މާކެޓް އޮންނަ އެންމެފަހު ދުވަސްކަމަށްވާ، 26 ވަނަ ދުވަހު މާކެޓް ކުރިއަށްދާނީ މެންދުރުފަހު ދޭކުން އިރުއޮއްސި ހަޔަކަށްކަމަށް ލިކަމެކްއިން ބުނެއެވެ.

ލިކަމެކްއިން ބުނީ ނައިޓް މާކެޓް ކުރިއަށްދާ ވަގުތު ދަ ކިޗަންގެ ފަރާތުން ކެންޓީނު ހިންގަމުންދާނެކަމަށެވެ.