ސިޔާސީ

އ.ދގެ ރެޒިޑެންޓް ކޯޑިނޭޓަރ މަޖިލީހުގެ ރައީސްއާއި ބައްދަލުކުރައްވައިފި


ރާއްޖޭގައި ހުންނަވާ އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ ޝޮކޯ ނޮޑާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާޞިމް އިބްރާހީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މަޖިލިސްކުރާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އދ.ގެ ފަރާތުން ރާއްޖޭގައި ކުރިއަށް ގެންދަވާ ޕްރޮޖެކްތަކާގުޅޭ ގޮތުންނާއި މަޖިލީހުގެ މަސައްކަތްތަކާގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، މަޖިލީހުގެ ރައީސް ޤާޞިމް ދެއްކެވި ވާހަކަފުޅުގައި ވަނީ އދ.ގެ އެކިއެކި ޖަމިއްޔާތަކުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރ އޮފް ފޮރިންގ ރިލޭޝަންސް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ.