ޚަބަރު

ޖަޕާނުން ހަދިޔާކުރި އުޅަނޑުތައް ބޭނުން ކުރާނީ ކުއްލި ހާލަތްތަކުގައި - ސީޕީ


ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެދަށުން ހަދިޔާކުރި އުޅަނޑުތަކުގެ ބޭނުން ކުރާނީ ކުއްލި ޙާލަތްތަކުގައި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ޙަމީދު މިހެން ވިދާޅުވީ ޖަޕާނު ސަރުކާރުން ދެމިލިއަން ޑޮލަރުގެ އަގުހުރި އުޅަނދުތަކެއް ފުލުހުންނަށް ހަދިޔާ ކުރުމަށް ޢިއްޒުއްދީން ފާލަން ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސީޕީ ވިދާޅުވީ ޖަޕާނުން ހަދިޔާކުރި އުޅަނޑުތައް މުޅި ރާއްޖޭގައި ބޭނުން ކުރާނެ ކަމަށާއި ޚާއްޞަކޮށް އެ ވަސީލަތްތަކުގެ ބޭނުން ހިފާނީ ނުރައްކާތެރި ޙާލަތްތަކުގައި ކަމަށެވެ.
ޙަމީދު ވިދާޅުވީ ޖަޕާނު ސަރުކާރާއި ދިވެހި ފުލުހުންނާދެމެދު އޮތް ގުޅުން ދެމެހެއްޓުމަށް ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރައްވާނެކަމަށެވެ.