ސިޔާސީ

ނާޒިމް ބޭސް ފަރުވާއަށް ސިންގަޕޫރަށް ފުރައިފި


ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކަމުގެ ކުށް ސާބިތުވެ އޭގާރަ އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސް ފަރުވާއަށް ސިންގަޕޫރަށް ފުރައިފިއެވެ.ނާޒިމް ސިންގަޕޫރަށް ފުރާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.މުހައްމަދު ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކަރެއްކްޝަނަލް ސަރވިސްއިން ދީފައިވަނީ މިދިޔަ އަންގާރަދުވަހުއެވެ.އެމްބީސީނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޭސްފަރުވާއަށްފަހު ސާޅީސް ފަސްދުވަހުގެ ތެރޭގައި ނާޒިމް އެނބުރި ރާއްޖެ އަންނަންޖެހެއެވެ.އެމް.ބީ.ސީ ނިއުސް އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރ ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ ނާޒިމްގެ ސިއްޙީ ހާލަތާމެދު ޑޮކްޓަރުންގެ ލަފަޔަށް ރިއާޔަތް ކުރުމަށްފަހު ކަރެކްޝަނަލް ސަރވިސްގެ މެޑިކަލް ބޯޑުން އެގޮތަށް ނިންމާފައިވާކަމަށެވެ. ޖަލުތަކުގައި ތިގޭ ގައިދީން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ވަކި ޤައުމުތަކެއް ކަރެކްޝަނަލް ސަރވިސަސްއިން ވަނީ ކަނޑއަޅާފައެވެ. ބޭސްފަރުވާއަށް ޤައިދީން ފޮނުވަނީވެސް ވަކިމުއްދަތަކަށެވެ.