ޚަބަރު

ޕީޕީއެމްގެ ލީޑަރޝިޕް އިސްތިއުފާދީ ޕާޓީ ރިފޯމް ކުރަން ޖެހޭ

ޕީޕީއެމްގެ ލީޑަރޝިޕް އިސްތިއުފާދީ، ޕާޓީ ރިފޯމް ކުރަން ޖެހޭކަމަށް ޕީއެސްއެމް ނިއުސްއިން ނެގި ޓްވިޓަރ ޕޯލްގައި ވޯޓުދިން 70 އިންސައްތައަށްވުރެ ގިނަ މީހުން ބުނެފިއެވެ.

ރޭ ޓްވިޓަރ މެދުވެރިކޮށް ނެގި މި ޕޯލަށް ގިނަ ބަޔަކު ވޯޓު ދީފައިވެއެވެ. މިޕޯލްގައި ޕީޕީއެމްގެ ލީޑަރޝިޕް އިސްތިއުފާ ދޭން ނުފެންނަކަމަށް ވޯޓު ދީފައިވަނީ ވޯޓުލީ މީހުންގެ 22 އިންސައްތައެވެ. ޕީ.އެސް.އެމުން ނެގި ޓްވިޓަރ ޕޯލުން ޕީޕީއެމްގެ ލީޑަރޝިޕް އިސްތިއުފާދޭން ޖެހޭކަށް ގިނަ ބަޔަކު ބުނާއިރު އެ ޕާޓީގެ އިސްސަފުގައި ތިބި މީހުންވެސް އަންނަނީ ލީޑަރޝިފްގެ ބަދަލުކުރުމަށް ގޮވާލަމުންނެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު ވަނީ ޕީޕީއެމް ފެއިލްކޮށްލި އެންމެން އެޕާޓީގެ ލީޑަރޝިޕް ދޫކޮށް، އައު ލީޑަރޝިޕަކަށް ފުރުޞަތުދިނުމަށް ގޮވާލާ، އެ ޕާޓީގައި އޭނާ ފުރުއްވަމުންގެންދަވާ މަޤާމްތަކުން އިސްތިއުފާދެއްވާފައެވެ.

ޕީޕީއެމްގެ ލީޑަރޝިޕް ފެންނަނީ ސިޔާސީ ކަންތައްތަކުން ފޫހިވެ ކަންނެތް ވެފއިވާކަމަށް ބުނެ ގެމަނަފުށީ ދައިރާގެ މެމްބަރު ޖަމީލް އުސްމާނުވެސް ވަނީ ޕީޕީއެމްގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްކަށް ފާޑު ވިދާޅުވެފައެވެ. އަދި ޕާޓީގެ ލީޑަރ ޝިފަށް ޝައުގުވެރިވާ ތައުލީމީ ޒުވާނުންނަށް ފުރުސަތު ދީ މިހާރުގެ ލިޑާރޝިޕް އެކަހެރިވާންޖެހޭކަމަށް ކަމަށް ޖަމީލު އުސްމާނު ްވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބަށްފަހު ޕީޕީއެމްގެ ތެެރޭގައި ހިޔާލު ތަފާތުވުންތައް އުފެދި ޕާޓީގެ މެމްބަރުން އަންނަނީ އެޕާޓިގެ ލީޑަރޝިޕަށް ފާޑުކިޔަމުންނެވެ. އަދި މަޖިލިސް އިންތިކާބާއި ދިމާކޮށް ޕާޓީގެ އިސްސަފުގައި މަސައްކަތްކުރި ބައެއް ފަރާތަކުން ޕާޓީން ވަކިވެ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކޮށްފައިވެއެވެ. އަދި ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ޕީ.ޕީ.އެމަށް ވަފާތެރި ބައެއް މެންބަރުންނަށް ޕްރައިމަރީއަކާނުލައި ޓިކެޓު ދިނުމަށްފަހު ބައެއް މެންބަރުންނަށް އެ ޕާޓީގެ ލީޑަރޝިޕުން ކުރި ތާޢީދު އަނބުރާ ގެންދިއުމާއި އިދިކޮޅި ކޯލިޝަނުން މަޖިލިސް އިންތިޚާބުގައި ވާދަކުރަން ކުރިމަތިލި ބައެއް ކެނޑިޑޭޓުންނަށް ތާޢީދުކުރަން ޕީޕީއެމްގެ ލީޑަރޝިޕުން ނިންމި ނިންމުމަށް ގިނަބައެއްގެ ފާޑުކިއުންވެސް ވަނީ އަމާޒުވެފައެވެ.

ނިމިދިޔަ ރައްޔިތުން މަޖިލީހުގައި ޕީޕީއެމް ޕީއެންސީއަށް ލިބުނީ 8 ގޮނޑިއެވެ.