ސިޔާސީ

ދިވެހި ބަހަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ އަސާސް - ރައީސް


ދިވެހި ބަހަކީ ދިވެހިންގެ އެއްބައިވަންތަ ކަމުގެ މައިގަނޑު އަސާސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިބަހުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައި އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ.

ރައީސްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ދިވެހި ބަހުގެ ދުވަހުގެ ހެޔޮ އެދުންތައް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރާ ކަމަށާއި، ދިވެހި ބަހަކީ އަޅުގަނޑުމެންގެ އެއްބައިވަންތަ ކަމުގެ މައިގަނޑު އަސާސް ކަމަށެވެ.

" ދިވެހިބަަކީ އަޅުގަނޑުމެންގެ އެއްބައިވަންތަކަމުގެ މައިގަނޑު އަސާސެވެ. ދިވެހިބަހުން ބުނާށެވެ. ލިޔާށެވެ. ބުނެވޭނެއެވެ. ލިޔެވޭނެއެވެ." ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 14 ވަނަ ދުވަހަކީ ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ހަމަޖައްސާ ސަރުކާރުން އަންނަނީ މިދުވަސް ކުލަ ގަދަގޮތެއްގައި ފާހަގަ ކުރަމުންނެވެ. އެގޮތުން މި އަހަރުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ބުނާނީ ލިޔާނީ ސާފު ދިވެހިން ބަހުން" އެވެ.