ޚަބަރު

ކައުންސިލް ތަކުގެ ރައީސުންނާއި ޒިންމާދާރުވެރިންނަށް ޚާއްޞަ މަހާސިންތާއެއް ބ އަތޮޅުގައި ފަށައިފި


ކައުންސިލްތަކުގެ ރައީސުންނާއި ޒިންމާދާރުވެރިންނަށް އަމާޒުކޮށްގެން ބ.އަތޮޅުގައި މަހާސިންތާއެއް ފަށައިފިއެވެ.

ދެދުވަހުގެ މުއްދަކަށް ކުރިއަށްގެންދާ މި މަހާސިންތާއަކީ، ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ މަހާސިންތާއެއްކަމަށް ބ.އަތޮޅު ކައުންސިލުން މަޢުލޫމާތުދެއެވެ.

ބ.އަތޮޅުގެ 13 ރަށަކުން 30 ބައިވެރިން ބައިވެރިވާ މި މަހާސިންތާގައި ލާމާރުކަޒީ ޤާނުނާއި ސިވިލް ސަރވިސް މުވައްޒަފުންނަށް ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޮފީސް ހިންގުމުގައި އަމަލު ކުރަމުންދާ އުސޫލުތަކާއި، ލިޔެކިޔުން ބަދަލު ކުރުމަށް ހެދިފައިވާ ޤަވާއިދުތަކާ ގުޅޭގޮތުންވެސް މިމަހާސިންތާގައި ބައިވެރިންނަށް މައުލޫމާތުދޭނެއެވެ.

މި މަހާސިންތާ ގައި މައުލޫމާތު ދެއްވާނީ ސިވިލް ސާވިސް ކޮމިޝަންގެ ނާއިބު ރައީސް ޝަހީދު މުޙައްމަދު ގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރޮޓީގެ ބޭފުޅުންނެވެ.

މިއީ ބ.އަތޮޅުގައި ކައުންސިލްތައް ޒިންމާދާރުކުރުވުމަށް ބ.އަތޮޅު ކައުންސިލުން ބާއްވާ ފުރަތަމަ މަހާސިންތާއެވެ.