ސިޔާސީ

އަ ވަލްނަރަބަލް ބިއުޓީ - މޯލްޑިވްސް އެގްޒެބިޝަން“ ރައީސްގެ ދެކަނބަލުން ހުޅުއްވައިދެއްވައިފި


އަރޓިސްޓުންގެ ކުރެހުމުގެ ހުނަރު ދައްކާލުމަށް ބޭއްވި ”އަ ވަލްނަރަބަލް ބިއުޓީ - މޯލްޑިވްސް އެގްޒެބިޝަން“ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން މި ފެއަރ ހުޅުއްވައިދެއްވީ ރޭ ނޭޝަނަލް އާޓް ގެލެރީގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި މައުރަޒު ހުޅުއްވައިދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ މި މައުރަޒު ބައްލަވާލައްވާފައެެވެ.

”އަ ވަލްނަރަބަލް ބިއުޓީ - މޯލްޑިވްސް އެގްޒެބިޝަން“ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

އެގްޒިބިޝަނެއްގެ ގޮތުގައި ކުރިއަށް ގެންދާ މި މަޢުރަޒުގައި ރާއްޖޭގެ ފުންނާބު އުސް އާރޓިސްޓުންގެ ހުނަރުވެރިކަން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ.