ކުޅިވަރު

16 އަހަރުން ދަށުގެ ހަތަރު ވަނަ މެޗު ޝަރަފުއްދީން ސްކޫލު ކާމިޔާބުކޮށްފި


މަމެން އައްޑޫ އިންޓަރ ސްކޫލު ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ހަތަރު ވަނަ މެޗް ޝަރަފުއްދީން ސްކޫލް ކާމިޔާބުކޮށްފިއެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗް ޝަރަފުއްދީން ސްކޫލު ކާމިޔާބުކޮށްފައިވަނީ ސ.އަތޮޅު މަދުރަސާއާއި ވާދަކޮށް 3 ލަނޑު 2 ލަނޑުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 5ވަނަ މިނެޓުގައި ޝަރަފުއްދީން ސްކޫލުގެ ފުރަތަމަ ލަނޑު ޖަހައިދިނީ އިބްރާހީމް މާހިލްއެވެ. އަދި މެޗުގެ މެޗުގެ ފުރަތަމަ ހާފުގެ 29ވަނަ މިނެޓުގައި ސ.އަތޮޅު މަދުރަސާގެ ފުރަތަމަ ލަނޑު ޖަހައިދިނީ ހަސަން ޝަހާފްއެވެ. ދެވަނަ ހާފްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ޝަރަފުއްދީން ސްކޫލުގެ އިބްރާހީމް އަލަމް ނަސީމް އަދި ދެވަނަ ލަނޑު ޖަހައިދިނީ ޝަރަފުއްދީން ސްކޫލުގެ އަހްމަދު މައިސަން ޝަނީޒްއެވެ. އަދި ދެވަނަ ހާފުގެ ތިންވަނަ ލަނޑުޖަހާފައިވަނީ ސ.އަތޮޅު މަދުރަސާގެ ހަސަން ޝަހާފްއެވެ. މި މެޗުގައި ސ.އަތޮޅު މަދުރަސާއަށްވަނީ މެޗުގައި މޮޅުވުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. މި މުބާރާތުގައި މިއަދުވެސް މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު ކުޅޭނީ 14 އަހަރުން ދަށުގެ މެޗުތަކެވެ.