ސިޔާސީ

ތޮލްހަތާއި ޒިޔާދުގެ މައްޗަށް މާދަމާރޭ ހުކުމް އިއްވަނީ


ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާޙީމް ކަލޭފާނާއި، ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް އިއްވުން މާދަމާރޭ (ހުކުރު ދުވަހުގެރޭ) ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.ތޮލްހަތާއި ޒިޔާދުގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުންތަށް ނިންމާ ހުކުމް އިއްވުމަށް ކުރިން 2 ފަހަރެއްގެ މަތިންވަނީ ތާވަލްކޮށްފައެވެ. އެހެންނަމަވެސް އެދެފަހަރުވެސް ކޯޓުންވަނީ ޝަރީއަތް ކެންސަލްކޮށްފައެވެ.2012 ވަނަ އަހަރު އެމް.އެން.ޑީ.އެފް މެދެވެރިކޮށް އިސްޤާޟީ އަބްދުއްﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ ކުރީގެ ރައީސް މުހަމަދު ނަޝީދުގެ މަޗަށް ދައުވާ ސާބިތުވެފައިވާއިރު، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުންވަނީ ހުކުމް ކޮށްފައެވެ.