ޚަބަރު

އާ އިމާރާތާ އެކު މިނިވަން މުއައްސަސާތަކަށް ޖާގަ ލިބޭނެ - ޖިހާދު


ފިނޭންސް މިނިސްޓްރީގެ ގޯތިތެރޭ އަލަށް ޢިމާރާތް
ކުރުމަށް ނިންމާފައިވާ ޢިމާރާތުގެ ސަބަބުން މިނިވަން މުއައްސަސާ ތަށް ހިންގުމުގައި
މިހާރު ދިމާވަމުންދާ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެކަމަށް ފިނޭންސް މިނިސްޓަރ
އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.



މިނިވަން މުޢައްސަސާއެއް ކަމަށްވާ އެންޓިކޮރަޕްޝަން ކޮމިޝަންގެ ފަސްއަހަރު
ދުވަހުގެ އެކްޝަން ޕްލޭން އިފްތިތާހް ކޮއްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން
ޖިހާދު ވިދާޅުވީ،
މިނިވަން މުޢައްސަސާތަކުގެ އިތުރުން ސަރުކާރުގެ އޮފީސް ތަކަށްވެސް ކުރިމަތިވާ
އެންމެ ބޮޑު ދައްޗަކީ އެކަށޭނަ މަސައްކަތުގެ މާހައުލެއް ނުލިބުން ކަމަށެވެ. އެގޮތުން
މިފަދަ ދަތިތަށް ހައްލުކުރުމަށް ސަރުކާރުން، ފިނޭންސް
މިނިސްޓްރީގެ ގޯތިތެރޭގައި ހެދުމަށް ނިންމާފައި ވާ ޢިމާރާތުގެ މަސައްކަތަކީ މިހާރު
ބަޖެޓް ކުރެވިފައިވާ މަސައްކަތެއް ކަމަށް ޖިހާދު ވިދާޅުވިއެވެ. އަދި އެކަމަށް
ރައީސުލްޖުމްހޫރިއްޔާ މިހާރު ހުއްދަދެއްވާފައި ވާކަމަށްވެސް ޖިހާދު ވިދާޅުވިއެވެ.
ޖިހާދު ވިދާޅުވީ އެއިމާރާތުގެ މަސައްކަތް ގާތްގަނޑަކަށް ދެތިން އަހަރެއްގެ ތެރޭގައި
ނިންމާލެވޭވަރު ވާނެކަމަށެވެ.