ޚަބަރު

ވީއައިއޭގައި އިތުރު 14 ޗެކިންގ ކައުންޓަރު ހުޅުވައިފި


މޯލްޑިވްސް އެއާރޕޯރޓް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ ޚިދުމަތްތަށް ފުޅާކޮށް ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އިތުރު 14 ޗެކިންގ ކައުންޓަރ ހުޅުވައިފިއެވެ.

މިކައުންޓަރުތައް ހުޅުއްވައިދެއްވާފައިވަނީ ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު. ކައުންޓަރުތައް ހުޅުއްވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢަލީވަޙީދު ވިދާޅުވީ އިތުރު ކައުންޓަރުތަކެއް ހުޅުވިނަމަވެސް، އެންމެ އެދެވޭގޮތުގައި ޚިދުމަތްދިނުމަށް ބޭނުންވަނީ ޚިދުމަތް ދޭން ތިބޭމީހުން ރަނގަޅަށް ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ.

ފަސިންޖަރުންގެ މުޢާމަލާތްކުރުން ކޮންމެ ގޮތަކަށް ހުއްޓަސް ކައުންޓާރގައި ތިބޭ މުވައްޒަފުން މުޢާމަލާތްކުރަންވާނީ ހިނިތުންވުމާއެކުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްއޭސީއެލްގެ އެކްޓިންގ އެމްޑީ މުޙައްމަދު ޞާލިޙް ވިދާޅުވީ މިކައުންޓަރު ތަކުގެ ސަބަބުން މިޙާރު ޚިދުމަތްދޭ ކައުންޓަރު ތަކުގެ ލޯޑު ކުޑަވެ ޚިދުމަތް އަވަސްވެގެންދާނެކަމަށެވެ. އަދި ޚިދުމަތް ހޯދުމުގައި ލުއިފަސޭހަވެގެންދާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއީ އެމްއޭސީއެލްގެ ޚިދުމަތްތައް ފުޅާކޮށް ކުރިއަރުވަން ކުރައްވާ މަސައްކަތަކަށް ލިބުނު އިތުރު ކުރިއެރުމެގެ ގޮތުގައި މުޙައްމަދު ޞާލިޙް ފާހަގަކުރެއްވިއެެވެ.