ޚަބަރު

ފުރަތަމަ ލެގުގައި ޕޯތޯ ބަލިކޮށް ޗެމްޕިއަންސް ލީގުގެ ސެމީ އާއި ގާތަށް ލިވަޕޫލް ޖެހިލައިފި



ޕޯޓޯ 2-0އިން ބަލިކޮށް ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ލިވަޕޫލް ޖެހިލައިފިއެވެ.

މިދިޔަ އަހަރު 5-0އިން ބަލިކުރި ޓީމު ކޮޅަށް ރޭ ގޯލު ޖެހީ ލިވަޕޫލްގެ ނަބީ ކެއިތާ އާއި ރޮބާޓޯ ފިރްމީނޯއެވެ. މި ނަތީޖާއާއެކު ލިވަޕޫލަށް އެޑްވާންޓޭޖް ލިބެނީ ދެ ވަނަ މެޗު އަމިއްލަ ދަނޑުގައި ކުޅެން ޖެހޭތީއެވެ.

ކޯޗު ޔާގެން ކްލޮޕް ބުނީ ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. ނަމަވެސް މެޗުގެ ފުރަތަމަ ކޮޅު ނުރައްކާތެރި ދެ ހިލޭޖެހުން ޕޯޓޯ އަށް ލިބުމުން އޭނާ ނުތަނަވަސްވި ކަމަށެވެ. ކްލޮޕް ބުނީ ޕޯޓީ އިން މި ސީޒަނުގައި ސާޅީސް ޕަސެންޓް ފްރީކިކް ކާމިޔާބުކޮށްފައިވާކަމަށާއި އެހެންކަމުން މިއީ ދެ ވަނަ ލެގުގެ މެޗަށް ދާއިރު ވެސް ވިސްނަންޖެހޭ ކަމެއް ކަމަށް ކްލޮޕް ބުންޏެވެ.

ލިވަޕޫލް އާއި ޕޯޓޯ ކުޅެން ޖެހޭ ދެވަނަ ލެގުގެ މެޗު ކުޅޭނީ މިމަހުގެ ސަތަރާވަނަ ދުވަހުއެވެ.