ކުޅިވަރު

12 އަހަރުން ދަށުގެ ފުރަތަމަ މެޗު މަރަދޫ ސްކޫލު އަދި ހިތަދޫ ސްކޫލު ކާމިޔާބްކޮށްފި


މަމެން އައްޑޫ އިންޓަރ ސްކޫލު ފުޓްބޯޅަ މުބާރާތުގެ 12 އަހަރުން ދަށުގައި މިއަދު ކުޅުނު މެޗް މަރަދޫ ސްކޫލް ކާމިޔާބުކޮށްފި. މިމެޗް މަރަދޫ ސްކޫލު ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުން ފޭދޫ ސްކޫލްގެ މައްޗަށް ކުރި ހޯދައިގެން.

މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 21ވަނަ މިނެޓުގައި މަރަދޫ ސްކޫލުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޢަބްދުﷲ އާފީ ރަޝީދެވެ. އަދި މެޗުގެ ދެވަނަ ހާފްގެ ފުރަތަމަ މިނެޓުގައި މަރަދޫ ސްކޫލުން ވަނީ މެޗުގެ ލީޑު ފުޅާކޮށް އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމްއަށް ކާމިޔާބު ކޮށްދިނީ މަރަދޫ ސްކޫލުގެ ޖާޒީ ނަންބަރު 13 އިބްރާޙީމް ދާއިން ރަޝީދެވެ. ނަމަވެސް މަރަދޫ ސްކޫލްއިން ދެވަނަ ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ފޭދޫ ސްކޫލުގެ ޙުޞައިން އުލްވާން ރަޝީދު ވަނީ ލަނޑެއް ޖަހާ، އެޓީމްއަށް ސުން ކަޑުވާލަދީފަ. މި މެޗުގައި ފޭދޫ ސްކޫލަށް ވަނީ މެޗުގައި މޮޅުވުމަށް ގިނަ ފުރުޞަތުތަކެއް ލިބިފައެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު 12 އަހަރުން ދަށުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ހިތަދޫ ސްކޫލާއި ޝަރަފުއްދީން ސްކޫލެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު 2-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހިތަދޫ ސްކޫލެވެ.

މި މެޗުގެ ފުރަތަމަ މިނެޓްގެ ތެރޭގައި ލަނޑެއް ކާމިޔާބުކޮށް ހިތަދޫ ސްކޫލުއިންވަނީ ލީޑްނަފައެވެ. މި ލަނޑު އެޓީމްއަށް ކާމިޔާބު ކޮށްދިނީ ހިތަދޫ ސްކޫލުގެ ޖާޒީ އަޙްމަދު މައިމޫން ރޫހުލް އައިމަންއެވެ. ނަމަވެސް އޭގެ ހަތް މިނެޓު ފަހުން ޝަރަފުއްދީން ސްކޫލުގެ ލުޢައްޔު ޝަރީފް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް ޝަރަފުއްދީން ސްކޫލްއިން ލަނޑުޖެހިތާ މިނެޓެއްގެ ފަހުން ހިތަދޫ ސްކޫލުންއިން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު ހިތަދޫ ސްކޫލަށް ކާމިޔާބު ކޮށްދިނީ އަހްމަދު ޔާސީން އަބްދުﷲއެވެ. މި މެޗުގައި ހިތަދޫ ސްކޫލަށް ގިނަ ފުރުޞަތުތަކެއް ލަނޑު ޖެހުމެއް ލިބިގެންދިޔަ ނަމަވެސް އެފުރުސަތު ތަކުގެ ބޭނުން ހިފޭގޮތްވަނީ ނުވެފައެވެ. މީގެ ނަތީޖާއަަކަށްވީ މެޗްގެ 25 މިނެޓުގައި ޝަރަފުއްދީން ސްކޫލުންއިން ނަތީޖާ ހަމަހަމަ ކުރުމެވެ. މި ލަނޑު އެޓީމްއަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ލޫތު އިބްރާޙީމެވެ. ދެވަނަ ހާފު ފެށުނުތަނާ ހިތަދޫ ސްކޫލުގެ އަހްމަދު ޔާސީން އަބްދުﷲ ވަނީ ލަނޑެއް ޖަހާފަ.

މެޗަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ހިތަދޫ ސްކޫލުގެ ކޯޗު ބުނީ މިއަދުގެ މެޗުން މޮޅުވުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. މިއީ އެ ސްކޫލުގެ ފުރަތަމަ މެޗު ކަމަށްވުމުން ދެން އަންނަ މެޗު މިއަށްވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މުބާރާތުގައި މާދަމާވެސް މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ކުޅޭނީ 16 އަހަރުން ދަށުގެ މެޗުތަކެވެ. މާދަމާގެ މެޗުގައި ބައްދަލުކުރާނީ ފޭދޫ ސްކޫލާއި އިރުޝާދިއްޔާ ސްކޫލެވެ.