ސިޔާސީ

ދިއްގަރު ދައިރާގެ ބައިއިލެކްޝަނަށް އިލެކްޝަނުން ތައްޔާރުވަނީ


 ރައްޔިތުންގެ މަޖްލީހުގެ ދިއްގަރު ދައިރާގެ މެންބަރުކަން ކުރެއްވި އަހުމަދު ނާޒިމްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވުމުންއެދާއިރާގެ ބައިއިލެކްޝަން އިއުލާންކުރުމަށް ތައްޔާރު ވަމުންދާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި.އިލެކްޝަންސް ކޮމިޝަނުން ބުނީ ނާޒިމްގެ މައްސަލައިގެ ލިޔެކިއުންތައް ސްޕްރީމް ކޯޓުން މިއަދު އެކޮމިޝަނަށް ލިބިފައިވާކަމަށް ،ލިޔެކިއުންތައް މިހާރު ޕްރޮސެސްކުރަމުންދާކަމަށެވެ.ރައްޔިތުންގެ މަޖްލީހުގެ ދިއްގަރު ދާއިރާގެ މެންބަރުކަން ކުރެއްވި އަހުމަދު ނާޒިމްގެ ގޮޑި ގެއްލިފައިވަނީ  އޭނާގެ މައްޗަށް ޖިނާއީ ކުށެއްކުރިކަން ސާބިތުވެ ސުޕްރީމް ކޯޓުން އިއްވި 25 އަހަރު ޖަލު ހުކުމާއި ގުޅިގެންނެވެ.ޤާނޫނު އަސާސީ ބުނާގޮތުން ރައްޔިތުންގެ މަޖްލީހުގެ މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ ބާރަމަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފާޒުކުރަމުންދާ މީހަކަށް ރައްޔިތުންގެ މަޖްލީހުގެ ގޮނޑި ގެއްލިގެންދާނެއެވެ.ދިއްގަރު ދާއިރާގެ ގޮނޑިއަށް ބައެއް ސިޔާސީ ފަރާތްތަކުން މިހާރުއްސުރެދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.