ސިޔާސީ

18ވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އަންނަ ހޯމަ ދުވަހު


ނިމިގެން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންގެ މަޝްވަރާއާއެކު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވަން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ނިންމަވާފައިވާ ކަމަށެވެ.

މަޖިލީހުގެ އިދާރާއިން ވިދާޅުވީ ހޯމަ ދުވަހު ބާއްވާ ޖަލްސާއަށްފަހު 18ވަނަ މަޖިލީހުގެ މަޖިލީހުގެ މެމްބަރުން ވަޑައިގަންނަވާނީ ޗުއްޓީއަށް ކަމަށާއި ޗުއްޓީއަށްފަހު މި ހިނގާ ދައުރުގެ މެމްބަރުންގެ މުއްދަތުވެސް ހަމަވެގެންދާނެ ކަމަށެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހަށް އަލަށް އިންތިޚާބުވި އައު މެމްބަރުންނާއެކު ދެވަނަ ދައުރުގެ ޖަލްސާތައް ފަށާނީ ޖޫން މަހުއެވެ.

މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. ޖުމްހޫރީ ޕާޓީން 6 ގޮނޑި ހޯދިއިރު ޕީޕީއެމް އާއި ޕީއެންސީއަށް ލިބުނީ 7 ގޮނޑިއެވެ. އަދި އަމިއްލަ 6 ކެނޑިޑޭޓަކު ގޮނޑި ކާމިޔާބުކުރިއިރު އެމްޑީއޭއަށް 2 ގޮނޑި، އެމްއާރުއެމް ވަނީ 1 ގޮނޑި ކާމިޔާބު ކޮށްފައެވެ.