ސިޔާސީ

ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ ތާރީފް އިލެކްޝަންސް ކޮމިޝަނަށް


ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ މިނިވަން، ދެފުށްފެންނަ އިންތިޚާބެއްކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނަށް ބައިނަލްއަޤްވާމީ އޮބްޒާވަރުން ތާރީފްކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިޚާބު އޮބްޒާވްކުރި ބައިނަލްއަޤްވާމީ އޮބްޒާވަރުން ހޮޓެލް ޖެންގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ހޮނިހިރު ދުވަހުގެ އިންތިޚާބު ފެށުނީއްސުރެ ނަތީޖާ އިޢުލާނުކުރުމާއި ހަމައަށް އޮބްޒާވްކުރެއްވިކމަށާއި، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް ފަހިކޮށްދީފައިވާ މާހައުލަކީ ވަރަށް ފުރިހަމަ ދެފުށްފެންނަ ގޮތަށް ބޭއްވި އިންތިޚާބެއްކަމަށެވެ. އަދި އިންތިޚާބުގެ ހުރިހާކަމެއްވެސް ދިޔައީ ވަރަށް އިންސާފުވެރިކޮށްކަމަށްވެސް އޮބްޒާވަރުން ވިދާޅުވިއެވެ.

ވޯޓު ގުނުންވެސް ކުރިއަށްގެންގޮސްފައިވަނީ އެއްވެސް ނުފޫޒެއް ނެތިކަން ފާހަގަކުރައްވައި އޮބްޒާވަރުން ވިދާޅުވީ، އިންތިޚާބު އިންޒާމްކުރުމާއި ހަމައިންފެށިގެން އިންތިޚަބު ނިންމާލުމާއި ހަމައަށްވެސް ހުރިހާކަމެއްވެސް ކުރިއަށް ގެންދިޔައީ ދެފުށްފެންނާނެ ގޮތަށްކަމަށެވެ. އަދި މި އިންސާފުވެރި އިންތިޚާބުތަކަކީ ޑިމޮކްރަސީ ވަރުގަދަ ވަމުން އަންނަކަން ދައްކުވައިދޭނެ ކަމެއްކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ.

އިންތިޚާބުގައި ޝަކުވާތައް މަދުކަން ފާހަގަކުރައްވާ ވިދާޅުވީ، ބައެއް އޮބްޒާވަރުން މާލެއާއި އައްޑޫ ސިޓީގައި އިންތިޚާބު އޮބްޒާވްކުރައްވަމުން ގެދެވިއިރު، މައްސަލައެއް ދިމާވެދާނެ އެއްވެސްކަމެއް ފާހަގަކުރެވިފައިނުވާކަމަށެވެ. އަދި ދުވަހަކީ ހޫނު ގަދަ ދުވަހެއްކަމުން ވޯޓުލުމުގެ މުއްދަތު އިތުރު ދެ ގަޑިއިރަށް އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ވަނީ އޮބްޒާޒާވަރުން ތަޢުރީފްކުރައްވާފައެވެ.

"އަޅގަނޑުމެން އައްޑޫސިޓީގައި އިންތިޚާބު އޮބްޒާވްކުރިއިރު އެންމެ ބޮޑަށް ފާހަގަވި ހޫނު ގަދަ މިންވަރު. އަޅުގަނޑުމެންނަށް ަރަސް ޤަބޫލުކުރެވުނު އަދި މަރުޙަބާ ކިޔަން އިލެކްޗަންސް ކޮމިޝަނުން އިތުރު ދެ ގަޑިއިރު އިންތިޚާބުގައި ވޯޓުލުމަށް އިތުރުކުރި ކުރުން."

އިންތިޚާބު އޮބްޒާވްކުރުން އިންތިޚާބު ކުރިއަށް ދާދުވަހުގެ ކުރިން ކެމްޕެއިނުގެ ހަރަކާތްތައްވެސް އޮބްޒާވްކުރުން މުހިންމުކަން ފާހަގަކުރައްވާ އޮބްޒާވަރުން ވަނީ ކުރިއަށް ހުރި އިންތިޚާބުތަކުގައި ދުރާލާ އޮބްޒާވްކުރުމުގެ ފުރުޞަތު ދޭންޖެހޭކަމަށެވެ.