ކުޅިވަރު

16 އަހަރުން ދަށުގެ 2ވަނަ މެޗް ޝަރަފުއްދީންއިން ފަސޭހަކަމާއެކު ކާމިޔާބުކޮށްފި


މަމެން އައްޑޫ އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ދެވަނަ މެޗް ފަސޭހަ ކަމާއި އެކު ޝަރަފުއްދީން ސްކޫލް ކާމިޔާބު ކޮއްފިއެވެ.

ފޭދޫސްކޫލާއި ޝަރަފުއްދީން ސްކޫލު ވާދަ ކުރި މިމެޗް ޝަރަފުއްދީން ސްކޫލުން ކާމިޔާބު ކުރީ 6 ލަނޑު 2 ލަނޑުން ލަނޑުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ، މެޗުގެ 9 ވަނަ މިނެޓުގައި ފޭދޫ ސްކޫލްގެ އަހުމަދު ޒަވްލް ނާޒިމްއެވެ. ނަމަވެސް ޝަރަފުއްދީން ސްކޫލުން ވަނީ މެޗްގެ 18 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮއްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޝަރަފުއްދީ ސްކޫލްއިންވަނީ 4 ލަނޑު ޖަހާ ލީޑް އިތުރަށް ފުޅާކޮށްފަ. އެގޮތުން ޝަރަފުއްދީން ސްކޫލުގެ ޖަޒީ ނަމްބަރު 8 އަހުމަދު ޔުސްރު ވަނީ މެޗްގެ 22 ވަނަ މިނެޓް އަދި 26 ވަނަ މިނެޓުގައި ދެލަނޑު ޖަހާފައެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެންވެސް ޝަރަފުއްދީން ދިޔައީ ލަނޑުގެ ފަރަޤު ބޮޑު ކުރުމަށް މަސަައްކަތް ކުރަމުންނެވެ. އެގޮތުން މިހާފުގައި ޝަރަފުއްދީން ސްކޫލުންއިންވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. މިމެޗްގައި ޝަރަފުއްދީންގެ އަހުމަދު ޔުސްރު ވަނީ ހެޓްރިކް ހަދާފައެވެ.

މިމުބާރާތުގައި މިއަދު ހަވީރު 12 އަހަރުން ދަށުގެ އުމުރުފުރާގެ މެޗްތަށް ފެށިގެން ދާނެއެވެ. އެގޮތުން ފުރަތަމަ މެޗުގައި މަރަދޫ ސްކޫލާއި ފޭދޫ ސްކޫލު ވާދަ ކުރާއިރު ދެވަނަ މެޗުގައި ކުޅޭނީ ހިތަދޫ ސްކޫލާއި ޝަރަފުއްދީން ސްކޫލެވެ.