ވިޔަފާރި

ކޭޝިއަރުންގެ ގޮތުގައި ދިވެހިން ތިބޭތޯ ބަލާ ޗެކްކުރަނީ


ކެފޭ
ރެސްޓޯރެންތަކާއި ފިހާރަ ފަދަ ތަންތަނުގައި ކޭޝިއަރުންގެ ގޮތުގައި ތިބެނީ ދިވެހިންތޯ
ބަލާ ޗެކް ކުރުމަށްޓަކައި މިއަދުން ފެށިގެން އިންސްޕެކްޓަރުން ހަރަކާތްތެރިވާނެ
ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.އިކޮނޮމިކް
މިނިސްޓްރީން މަޢުލޫމާތުދޭގޮތުގައި އިންސްޕެކްޓަރުން ކެފޭ ރެސްޓޯރެންތަކާއި ފިހާރަ
ފަދަ ތަންތަން ޗެކްކުރުމުގައި ވިޔަފާރިވެރިންނާއި ވާހަކަދައްކާ ދިވެހި ކޭޝައަރުން
ހޯދުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެހީތެރިވެދެއްވާނެ
ކަމަށެވެ.އިކޮނޮމިކް
މިނިސްޓްރީން މިހާރު ވަނީ ވިޔަފާރިވެރިންނަށް ދިވެހި ކޭޝިއަރުން ހޯދުމަށް
އެހީތެރިވެދެއްވުމުގެ ގޮތުން އެ މިނިސްޓްރީގައި ފޯކަލް ޕޮއިންޓެއް ގާއިމްކޮށްފައެވެ.
އެގޮތުން އެމިނިސްޓްރީން ކުރިޔަށްގެންދާ ކޭޝިއަރުން
ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ދިވެހިން، ބޭނުންވާ
ވިޔަފާރިވެރިންނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް އިކޮނޮމިކް
މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.ދިވެހި
ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މިމަހުގެ އެއްވަނަ
ދުވަހުން ފެށިގެން   ކޭޝިޔަރުންގެ ގޮތުގައި ކެފޭ ރެސްޓޯރެންޓާއި
ފިހާރަ ފަދަ ތަންތަނުގައި ބިދޭސީން ތިބުން އިކޮނޮމިކް މިނިސްޓްރީން ވަނީ މަނާ
ކޮށްފައެވެ. އެހެން ނަމަވެސް ކޭޝިއަރުންނަށް ދިވެހިން ހޯދުމަށް ދަތިވާ ކަމުގެ
ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުންނެވެ.