ޚަބަރު

ވަރަށް އަވަހަށް ޖަޕާނު އެމްބަސީއެއް ރާއްޖޭގައި ހުޅުވާނެ - ސަފީރު


ރާއްޖޭގައި
ވަރަށް އަވަހަށް ޖަޕާނުގެ އެމްބަސީއެއް ޤާއިމުކުރުމަށް ރޭވިފައިވާކަމަށް
ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.



ފޮރިން
މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޖަޕާނުން ރާއްޖެއަށް
ކަނޑައަޅާފައި ހުންނަވާ ސަފީރު ނުބުއިޓޯ ހޯބޯ ވިދާޅުވީ ރާއްޖޭއާ ޖަޕާނުން ސިޔާސީ
ގުޅުން ޤާއިމުކުރިތާ މިހާރު ފަންސާސް އަހަރު ވުމަށް ޤާތްވެފައިވާއިރު، މިގުޅުން
މިހާރަށްވުރެވެސް އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި ރާއްޖޭގައި ޖަޕާނުގެ
އެންބަސީއެއް ޤާއިމުކުރުމަށް ޖަޕާނު ސަރުކާރުން ރާވާފައިވާކަމަށެވެ. މިގޮތުން
ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޖަޕާނުގެ ޕާލަމެންޓުން ބަޖެޓް ފާސްކުރެވޭއިރު
މިކަމަށް ފައިސާ ކަނޑައަޅާނެކަމަށާ އަދި އަންނަ އަހަރުގެ ޖެނުއަރީ ހިސާބުގައި
ޖަޕާނުގެ އެންބަސީއެއް ރާއްޖޭގައި ޤާއިމުކުރެވޭވަރުވާނެކަމަށް ސަފީރު ވިދާޅުވިއެވެ.



ރާއްޖެއާ
ޖަޕާނާ ސިޔާސީ ގުޅުން ޤާއިމުކުރިތާ، މި އެޕްރީލް މަހު ސާޅީސް އަށްއަހަރު
ފުރިގެންދާނެ. ރާއްޖޭގައި މިހާތަނަށް އެމްބަސީޤާއިމުކޮށްފައިވާ ޤައުމުތަކުގެ
ތެރޭގައި އިންޑިޔާ، ޗައިނާ، ބަނގްލަދޭޝް، ސްރީލަންކާ އަދި ޕާކިސްތާނު، އަދި
ތައިލެންޑް ހިމެނޭކަމަށެވެ.