ސިޔާސީ

މަޖިލިސް އިންތިޚާބުގައި ވާދަކުރާ 10 ކެނޑީޑޭޓަކު ލޭބަރ ޕާޓީން ތާޢީދުކޮށްފި


މަޖިލިސް އިންތިޚާބުގައި ވާދަކުރާ ދިހަ ކެނޑިޑޭޓަކަށް ތާއީދުކުރުމަށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީން ނިންމައިފިއެވެ.

ލޭބަރ އެޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ސިޔާސީ ޕާޓީތަކުންނާއި، އަމިއްލަ ގޮތުން ވާދަކުރި ބައެއް ކެނޑިޑޭޓުންނަށް އެޕަޓީން ތާޢީދުކޮށްފައިވާ ކަމަށެވެ. އެގޮތުން ލޭބަރ ޕާޓީން ތާއީދުކޮށްފައި ވަނީ އެމްޑީޕީގެ ދެ ކެނޑިޑޭޓަކަށާއި، ޖޭޕީގެ ކެނޑިޑޭޓަކާއި، ޕީ.އެންސީގެ ކެނޑިޑޭޓެއްގެ އިތުރުން އަމިލަގޮތުން އިންތިޚާބުގައި ވާދަކުރާ ފަސް ކެނޑިޑޭޓަކަށެވެ.

ލޭބާރ ޕާޓީން ބުނީ އެޕާޓީއަކީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރުކުރުމާއި އިޖްތިމާޢީ އަދާލަތު ޤާއިމްކޮށްދިނުން ކަމަށްވުމުން އެޕާޓީން އެންޑޯޒްކުރި ކެނޑިޑޭޓުންނަކީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ދެމިތިއްބަވާނެ ބައެއްކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

ލޭބަރ ޕާޓީން މަޖިލިސް އިންތިޚާބުގައި ވާދަކުރާ 10 ކެނޑިޑޭޓަކު އެންޑޯޒްކޮށްފައިވާއިރު، އެޕާޓީގެ ޓިކެޓްގައި މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 10 ކެނޑިޑޭޓުން ވާދަކުރައްވައެވެ.