ތަރައްްޤީ

ހުޅުމީދޫ ބަހާއުއްދީން މަގުގެ ތާރު އެޅުމުގެ މަސައްކަތް ނާއިބު ރައިސް ފައްޓަވައިދެއްވައިފި


އައްޑޫސިޓީ ހުޅުމީދޫ ބަހާހުއްދީން މަގުގައި ތާރު އެޅުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ފައްޓަވައިދެއްވައިފިއެވެ.

ހުޅުމީދޫގެ ބަހާއުއްދީނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ނާއިބު ރައީސް ފައްޓަވައި ދެއްވީ އެކަމަށްޓަކައި މިއަދު ހަވީރު ހުޅުމީދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރެވުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގައެވެ. އެމްޓީސީސީ ހަވާލު ކޮށްގެން ސ.ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫޢަކީ 32 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 8 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަށުން ދެ ކިލޯމީޓަރުގެ ސަރަޙައްދެއްގައި ރަނގަޅު ފެންވަރަކަށް ތާރުއަޅައިގެން ހެދުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން އެ މަގުގައި މަގުބައްތި ޖެހުމާއި ސައިޑްވޯކް ޤާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.