ސިޔާސީ

ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ ސަސްޕެންޑްކޮށްފި


ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާގެ މަޤާމުގައި ހުންނެވި އަޙްމަދު އަބްދުﷲ ސަސްޕެންޑްކޮށްފިއެވެ. އޭނާ ސަސްޕެންޑްކޮށްފައި ވަނީ މިމަހުގެ 9ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކުރި ސަބަބެއް ނޭންގެއެވެ.

އަޙްމަދު ސަސްޕެންޑްކުރިއިރު ޖޭއެސްސީން ޤާޒީ ހަސަން ސަޢީދާ ގުޅޭ ގޮތުން 2016ވަނަ އަހަރު ބެލި މައްސަލައެއްގައި އޭނާ ހެކިބަސްދިން މައްސަލައެއް ވަނީ ހޫނުވެފައެވެ.

ނަމަވެސް ގާޒީ ހަސަން ސައީދުގެ ސަސްޕެންޝަން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ އުވާލާފައެވެ.