ޚަބަރު

މިއަހަރުގެ ހޫނުގަދަ ދުވަސްތައް މޭ މަހާއި ހަމައަށް ދެމިގެންދާނެ-


ކޮންމެ އަހަރެއްގެވެސް މިދުވަސްވަރަކީ ހޫނުގަދަ ދުވަސް ވަރެއްކަމަށާއި މިހޫނު ދުވަސްތައް މޭމަހާ ހަމައަށް ދެމިގެންދާނެ ކަމަށް ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފިއެވެ.މާޗް އޭޕްރީލް މަހުގެ ހޫނުދުވަސްތަކަކީ އިރުވައި މޫސުމުގެ ފަހު ދުވަސްތަކެވެ.މެޓް އޮފީހުން ބުނީ، ހުޅަނގު މޫސުމުގެ ވިއްސާރަކުރަން ފަށާނެކަމަށް ލަފާކުރެވެނީ މޭމަހުގެ ތެރޭގައި ކަމަށެވެ.މިއަހަރުގެ ހޫނުގަދަ ދުވަސްތަކުގެ ހޫނު މިން އެހެންއަހަރުގެ މިދުވަސްތަކާއި ވަކި ތަފާތެއް ފާހަގަނުކުރެވޭ ކަމަށްވެސް މެޓް އޮފީހުންބުނެއެވެ. އާއްމުކޮށް ފިނި ހޫނުމިން ދައްކަނީ ތިރީސް ތިނަކާއި 32 ޑިގްރީ ސެލްސިއަސްގައެވެ.ހޫނުގަދަކަން މީހުންނަށް ބޮޑަށް އިހްސާސްކުރެވެނީ ޖައްވުގެ ތެރޭގައި ހުންނަ ވައިގެ ތެއްކަން ދަށްވެ ވައިރޯޅިވެސް މަޑުވުމުން ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.