ވިޔަފާރި

އިޤްތިޞާދީ ދާއިރާއަށް ހޭލުންތެރި ކުރަން މަސައްކަތް ތަކެއް ފަށަނީ


އަމިއްލަ ޖަމްޢިއްޔާ އެއްކަމަށްވާ އިކޮނޮމިކް ޑެސްކުން އިސްނަގައިގެން
ދިވެހިންގެ މެދުގައި އިޤްތިސާދީ ދާއިރާގައި ހޭލުންތެރިކަން އިތުރުކުރުމުގެ
ޕްރޮގްރާމް ތަކެއް ހިންގުމަށް ޤައުމީ ޔުނިވާރސިޓީގެ ބިޒްނަސް ސްކޫލާއި ވިލާކޮލެޖާއި
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން އެމް.ބީ.ސީއާ ހަވީރު ނޫހާއެކު
އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.



މި އެއްބަސްވުމުގެ ދަށުން 12 މަސްދުވަހުގެ މުއްދަތަށް ކޮންމެ މަހަކު
އިޤްތިސާދީ ދާއިރާއިން ލެކްޗަރެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.



އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެމް.އެން.ޔޫގެ ބިޒްނަސް ސްކޫލްގައި
ބޭއްވި ރަސްމިއްޔާތުގައި، އިކޮނޮމިކް ޑެސްކްގެ ފައުންޑަރ މެމްބަރެއް ކަމަށްވާ
އިބްރާހިމް އާތިފް ޝަކޫރު ވިދާޅުވީ އާންމުކޮށް ހުޅުވާލައިގެން ބޭއްވޭ މި ލެކްޗަރތައް
ހުށައަޅާނީ ޤާބިލް ދިވެހި ތަޖުރިބާ ކާރުން ކަމަށެވެ. އެގޮތުން ފުރަތަމަ ލެކްޗަރ
ވަޒީފާގެ ބާޒާރަށް ހާއްސަކުރެވިފައި ވާއިރު ލެކްޗަރ އާއި ގުޅޭ އިތުރު
މަޢުލޫމާތުތަށް އެމްބީސީ އާއި ހަވީރު މެދުވެރިކޮށް އާންމު ކުރެވިގެންދާނެކަމަށް
އާތިފް ޝަކޫރު ވިދާޅުވިއެވެ.