ޚަބަރު

ރައީސް ޞާލިޙް ހއ.އަތޮޅު ތަޢުލީމީ މަރުކަޒަށް ވަޑައިގަންނަވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހއ.ދިއްދޫގައި ހުންނަ އެ އަތޮޅު އަތޮޅު ތަޢުލީމީ މަރުކަޒަށް ވަޑައިގެން އެތަނުގައި ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނާއި ޓީޗަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް ޞާލިޙް އެމަރުކަޒަށް ވަޑައިގެން އެމަރުކަޒުގެ ޓީޗަރުންނާއި ދަރިވަރުންނާ ބައްދަލު ކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލެއްވީ މިއަދު ހެނދުނުއެވެ. އެމަރުކަޒަށް އެމަނިކުފާނު ވަޑައިގަތީ މިހާރު އެމަނިކުފާނު ތިލަދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ދަތުރުފުޅުގައި ރައީސް ޞާލިޙްވަނީ ހދ.ހަނިމާދޫގައި ޤާއިމްކޮށްފައިވާ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހުޅުއްވައިދެއްވާފައެވެ. އަދި ހޯރަފުށީގައި ޤާއިމްކުރަން ނިންމާފައިވާ އެއާޕޯޓްގެ ޢަމަލީ މަސައްކަތްވެސް އެމަނިކުފާނު ފަށްޓަވައިދެއްވާފައެވެ.