ޚަބަރު

ކޮޅުނބުގެ ޑޮކްޔާޑުގައި އޮތް މިފްކޯގެ ބޯޓެއްގައި ރޯވެއްޖެ


ސްރީލަންކާގެ ކޮލޮމްބޯ
ޑޮކްޔާޑުގައި އޮތް މިފްކޯގެ ބޯޓުގައި ހިނގި އަލިފާނުގެ ޙާދިސާގެ ކުޑަ ބޮޑުމިން
ބަލަމުން އަންނަކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.



އެކުންފުނީގެ ޗީފް ފިޝަރީޒް
އެންޑް ލޮޖިސްޓިކް އަންވަރު ސާދާތު ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގީ ކުޑަ
ގޮޅިއެއްގައި ކަމަށާއި، އަލިފާންގަނޑު މާގިނައިރު ނުވަނީސް ކޮންޓްރޯލް
ކުރެވިފައިވާކަމަށެވެ. އަދި ލިބުނު ގެއްލުމުގެ ކުޑަ ބޮޑުމިން މިހާރު ބަލަމުން ދާކަމަށް
އަންވަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މަސައްކަތުގައި އުޅޭއިރު އެފަދަ ކުދި ކުދި
ހާދިސާ ހިނގުމަކީ އެކަށީގެންވާކަމެއް ކަމަށާއި، ލަފާކުރެވޭގޮތުގައި މާބޮޑު
ގެއްލުންތަކެއް ނުލިބޭކަމަށެވެ. ސްރީލަންކާގެ ކޮލޮމްބޯގެ ޑޮކްޔާޑްގައި އޮއްވާ
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެކުންފުނީގެ، ކަލަމިންޖާ
ނަމަކަށް ކިޔާ ބޯޓެއްގައެވެ.