ވިޔަފާރި

މޯލްޑިވިއަން އިން އިތުރު ސީޕްލޭނެއް ގެނެސްފި


މޯލްޑިވިއަންގެ ސީޕްލޭންގެ ދަތުރުތައް ފުޅާކުރުމުގެ ގޮތުން ކަނޑަށް ޖައްސާ އިތުރު ބޯޓެއް މާލެ ގެނެސްފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ އެންމެ ފަހުން ގެނެވުނު ބޯޓާއެކު އެއެއަރލައިންގެ ސީޕްލޭންގެ ދަތުރުތަކަށް މިހާރު ހަ ބޯޓް ބޭނުން ކުރަމުންދާ ކަމަށެވެ.މޯލްޑިވިއަންގެ ސީ ޕްލޭންގެ ދަތުރުތައް މިހާރު ތ.އަތޮޅާއި ބ.އަތޮޅާއި ދ އަތޮޅުގެ ތިން ރިސޯޓަކަށް ކުރަމުންދާ އިރު އެ އެއެއަރލައިންގެ ސީޕްލޭންގެ ދަތުރުތައް ކުރާ މަންޒިލްތައް އިތުރުކުރުމަށްޓަކައި ރިސޯޓްތަކާއި އެކު ވާހަކަދެކެވުންތައް ކުރިއަށްދާ ކަމަށް ނަޝާތު ވިދާޅުވިއެވެ.މީގެ އިތުރުން ހުޅުލޭގައި ހަދާ މޯލްޑިވިއަންގެ ސީ ޕްލޭން ޓަރމިނަލްގެ މަސައްކަތްތައް އަންނަ މަހުގެތެރޭ ނިމި އެތަނުން ޚިދުމަތް ދެވެން ފެށޭނެ ކަމަށްވެސް ނަޝާތު ވިދާޅުވިއެވެ.މޯލްޑިވިއަން ސީ ޕްލޭންގެ ދަތުރުތައް ރާއްޖޭގެ ތިން ރިސޯޓަށް ކުރާ އިރު ދުވާލެއްގެ މައްޗަށް ބާރަ ވަރަކަށް ދަތުރު އެ އެއަރލައިންގެ ސީޕްލޭންތައް ކުރާކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.