ޚަބަރު

ކުޅުދުއްފުށީގައި، ފެން ތަޙުލީލުކުރާ ލެބޯޓްރީއެއްގެ ޤާއިމްކުރަނީ


އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭ އާއި ހދ.އަތޮޅު ކައުންސިލް ގުޅިގެން ކުޅުދުއްފުށީގައި، ފެން ތަޙުލީލުކުރާ ލެބޯޓްރީއެއްގެ ޚިދުމަތް ދިނުމަށް ތައްޔާރުވާން ފަށައިފިއެވެ.އެންމެ އުތުރުގެ ތިން އަތޮޅުކަމަށްވާ،  ހއއާ ހދ އާ ށ އަތޮޅު ހިމެނޭ ސަރަހައްދަށް ހާއްސަކޮށްގެން ހަދާ މި ލެބޯޓްރީއަކީރަށްރަށުގެ ފެން ޓެސްޓް ކުރުމާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ހަމަޖައްސާ ގޮތެއްގެ މަތީން ފެނުގެ ހާލަތު މޮނިޓަރ ކުރުމާއި ތަހުލީލު ކުރުމަށް ހާއްސަކުރެވޭ ލެބޯޓްރީއެކެވެ.ހދ އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރ އަބްދުލް މުހައިމިން ވިދާޅުވީ ލެބޯޓްރީ ގާއިމު ކުރުމަށް ބޭނުންވާ ހުރިހާ އިކުއިޕްމެންޓްތަކެއް ލިބިފައިވާ ކަމަށާއި ލެބޯޓްރީ ޓެކްނީޝަނުންވެސް ތަމްރީނު ކޮށްފައިވާކަމަށެވެ.ހދ އަތޮޅު ކައުންސިލުން ބުނީ ލެބޯޓްރީ ގާއިމު ކުރުމަށް ހަމަޖެހިފައިވަނީ ހދ އަތޮޅުގެއިން ބައެއްގައި ކަމަށާއި، ލެބޯޓްރީ ގާއިމު ކުރުމަށް ބޭނުންވާ ބައެއް ތަކެތި ފޮނުވާފައިވަނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ކަމަށެވެ. އަދި  އިތުރަށް ބޭނުންވާ މެޝިނަރީ ހޯދައިފައިވަނީ ހދ އަތޮޅު ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްގެންކަމަށްވެސް އެ ކައުންސިލުން މައުލޫމާތުދެއެވެ.އީ ޕީ އޭއިން ބުނީ މެޝިނަރީޒްތައް އިންސްޓޯލް ކުރެވި، ލެބޯޓްރީގެ ޚިދުމަތް މި މަހުގެ ތެރޭގައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.