ދުނިޔެ

އިންތިޚާބު ބޯއިކޮޓު ކުރަން ފަހެއް ނުޖެހޭ- އަންގް ސަންގް ސޫޗީ


މިޔަންމާގެ ޤާނޫނު އަސާސީގެ ދެލިކޮޕީގެ ދަށުން އެގައުމުގެ ރައީސް ކަމާ އިދިކޮޅު ލީޑަރު އަންގް ސަންގް ސޫޗީއަށް ކުރިމަތި ނުލެއްވޭ ގޮތަށް އޮތް ނުކުތާއަށް އިސްލާހު ނުގެންނަ ނަމަވެސް އެގައުމުގައި ކުރިއަށް އޮތްތަނުގައި އޮންނަ އާއްމުން އިންތިޚާބު ބޯއިކޮޓް ކުރެއްވުމަށް ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.ރޮއިޓަރސްއަށް ދެއްވި ބަސްދީގަތުމެއްގައި މިޔަންމާގެ އިދިކޮޅު ލީޑަރު ސޫޗީ ވިދާޅުވީ، އެކަމަނާ ނިސްބަތްވެވަޑައިގަންނަވާ ނޭޝަނަލް ލީގް ފޮރ ޑިމޮކްރަސީ، އެން.އެލް.ޑީ އޮތީ އިންތިޚާބުގައި ވާދަކުރެއްވުމަށް ތައްޔާރަށް ކަމަށާ އެހެން ވެސް އިންތިޚާބު ބޯއިކޮޓް ކުރުމަކީ ވެސް އެޕާޓީއަށް ލިބިފައިވާ އިޚްތިޔާރެއް ކަމަށެވެ. އަދި މިހާރުގެ ރައީސް ތިއަން ސެއިންގެ ސަރުކާރުން މިޔަންމާގެ ވެރިކަމުގެ ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތައް އެންމެ އެކަށީގެންވާ ގޮތަށް ގެންނަމުން ނުދާ ކަމަށާ އިންތިޚާބު ފަސްކުރުމަށް ވެސް އެފަރާތުން މަސައްކަތް ކުރާ ކަމަށް ސޫޗީ ތުހުމަތުކުރެއްވިއެވެ.މިޔަންމާގައި އޮންނަ ތާރީޚީ ޢާއްމު އިންތިޚާބު އޮންނާނީ މިއަހަރުގެ ނޮވެމްބަރ މަހުގައެވެ.