ކުޅިވަރު

އިންޓަރ ކޮލެޖް ވޮލީ މުބާރާތުގެ ފައިނަލު އެފްއައިއެސް ޖާގަ ހޯދުން


އިންޓަރ ކޮލެޖް ޔުނިވަރސިޓީ ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ފައިނަލުން ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް ޖާގަ ހޯދައިފިއެވެ.އިސްލާމިކް ސްޓަޑީޒް ފައިނަލުން ޖާގަ ހޯދީ ވިލާ ކޮލެޖާއި ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެން، މިއާއެކު ގްރޫޕް މެޗުތަކުން އެއްވަނަ ލިބުމުންނެވެ.ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް މެޗުގެ ސެޓްތައް ގެންދިޔައީ ފަންސަވީސް ބާރަ، ނަވާވީސް ހަތާވީސް، ފަންސަވީސް އެގާރައިންނެވެ.ފައިނަލްގައި ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް ވާދަކުރަން ޖެހޭނީ ރޭ ސައިރިކްސް ކޮލެޖްގެ މައްޗަށް ކުރި ހޯދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ނުވަތަ އިސްލާމިކް ކޮލެޖް އަތުން ބަލިވި ވިލާ ކޮލެޖާއެވެ.ވިލާ ކޮލެޖާއި ޤައުމީ ޔުނިވަރސިޓީ ވާދަކުރާ ސެމީފައިނަލް މެޗު ކުޅޭނީ މިއަދު ހަވީރުއެވެ.