ސިޔާސީ

އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ބަލައި ޙައްލު ހޯދައި ދޭނަން - ރައީސް


އަންހެނުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަށް ސަރުކާރުން ވަރަށް ގާތުން ބައްލަވައި، ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންހެނުން ބާރުވެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ.

މިބައްދަލުވުމުގައި އައްޑޫސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން ވަނީ، އެ ކޮމެޓީގެ ޤާނޫނީ ޒިންމާ އަދާ ކުރުމުގައި ދިމާވަމުންދާ ގޮންޖެހުންތަކާއި ކުރިއަށް އޮތް ތަނުގައި ރާވާފައިވާ ކަންކަމާއި ބެހޭ ގޮތުން ރައީސް އަށް މައުލޫމާތު އަރުވާފައެވެ. މީގެ އިތުރުން މިހާރުވެސް ކޮމެޓީއިން ކުރިއަށް ގެންދާ ހަރަކާތްތަކާއި، ކޮމެޓީގެ މެމްބަރުންގެ ހުރި ކަންބޮޑުވުންތަށް ރައީސްއާއި ވަނީ ހިއްސާ ކޮއްފައެވެ.