ކުޅިވަރު

ޕްރިމިއަރ ލީގް ތާވަލްގެ ދެވަނައިގައި ނިންމާލެވޭނެ- މާޓާ


އިނިގިރޭސި ޕްރިމިއަރ ލީގް ތާވަލްގެ ދެވަނައިގައި ނިންމާލެވޭނެކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރ ޚުއާން މާޓާ ބުނެފިއެވެ.މާޓާ ބުނީ އެމީހުންނަށް ޕްރިމިއަރ ލީގު ތާވަލް ބަދަލުކޮށް ސިޓީ އޮތް މަޤާމް އަތުލެވޭނޭކަމަށެވެ. އަދި އެމީހުންނާއި އާސެނަލް އޮތީ ސިޓީއަށްވުރެ އެއް ޕޮއިންޓް، ދެ ޕޮއިންޓް ފަހަތުގައިކަމަށާއި އެކަންވެސް ބަދަލުކޮށްލެވޭނޭކަމަށެވެ.މާޓާ ޤަބޫލުކުރާގޮތުގައި ލީގުގައި މެންޗެސްޓަރ ސިޓީއާއި ވާދަކުރާ މެޗުން މޮޅުވެވިއްޖެނަމަ ސިޓީގެ މަޤާމް ހޯދޭނެއެވެ.އިންޓަރނޭޝަނަލް ބްރޭކަށްފަހު މެންޗެސްޓަރ ޔުނައިޓެޑް މިރޭ ނިކުންނާނީ އެސްޓޮންވިލާއާއި ދެކޮޅަށެވެ. ކޯޗު ވެންޚާލްވެސް ބުނެފައިވަނީ އެންމެ ފަހުވަގުތާއި ހަމައަށްވެސް ދޫނުދޭނެކަމަށާއި ލީގަށް ވާދަކުރާނެކަމަށެވެ.މިވަގުތު އެއްވަނައިގައި އޮތް ޗެލްސީގެ ކޯޗު މޮރީނިއޯވެސް ބުނެފައިވަނީ ގަދަ ހަތަރެއްގައި އޮތް ކޮންމެ ޓީމަކަށްވެސް ލީގު ލިބުމުގެ ފުރުޞަތު އެބައޮތްކަމަށެވެ.