ޚަބަރު

ފްރާންސް ގައުމީ ޓީމަށް ތިންވަނައަށް އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިއަކަށް - އޮލީވިއާ ޖިރޫޑް



ފްރާންސްގެ ގައުމީ ޓީމަށް ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު އޮލީވިއާ ޖީރޫޑް ހޯދައިފިއެވެ.

އައިސްލޭންޑް އަތުން ޔޫރޯ ކޮލިފައިންގައި ރޭ ފްރާންސް 4-0އިން މޮޅުވި މެޗުގައި އޭނާ ޖެހި ގޯލާއެކު ޖީރޫޑްގެ ގައުމީ ޓީމަށް ޖަހައިދިން ގޯލުތަކުގެ އަދަދު ވަނީ 35 އަށް އަރައިފައެވެ. އުމުރުން 32 އަހަރުގެ ފޯވަޑް މިއަދަދަށް ގޯލު ޖަހާފައިމިވަނީ 89 މެޗުންނެވެ. މި މެޗުގައި ދެން ގޯލު ޖެހީ އޮންޓުއާން ގްރިއެޒްމަން އާއި ސެމިއުލް އުމްޓީޓީ އަދި ކޭލިއަން އެމްބާޕޭއެވެ.

ލަނޑު ލިސްޓުގެ ތިން ވަނާގައި ކުރިން ހުރި ކުޅުންތެރިއަކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކުރި ޓީމުގެ ފޯވަޑް ޑޭވިޑް ޓްރެޒެގޭ. އޭނާގެ ޖުމުލަ އަކީ 34ކެވެ.

ދެ ވަނާގައިވަނީ މަޝްހޫރު މިޝޭލް ޕްރެޓިނީއެވެ. ކުރީގެ ކެޕްޓަން އޭނާ 41 ގޯލު ޖަހާފައިވާއިރު އެއްވަނާގައިވަނީ ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށްދިން އާސެނަލް އާއި ބާސެލޯނާގެ ކުރީގެ ފޯވަޑް އަދި މިހާރުގެ ކޯޗު ތިއޭރީ އޮންރީއެވެ. އޭނާ ޖަހާފައިވަނީ 51 ގޯލެވެ.